Roadha Mihaaru
ތާބޫގެ އާ ފިލްމު އަންނަ މަހު ނެޓްފްލިކްސް އަށް

ތާބޫގެ އާ ފިލްމު އަންނަ މަހު ފަހެއްގައި ނެޓްފްލިކްސް އަށް

20 ސެޕްޓެމްބަރ 2023

ބޮލީވުޑްގެ ތަރި ތާބޫގެ އާ ފިލްމު "ކޫފިޔާ" އަންނަ މަހު ފަހެއްގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.

ބޮލީވުޑްގެ ތަރި ތާބޫގެ އާ ފިލްމު "ކޫފިޔާ" އަންނަ މަހު ފަހެއްގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.

އެ ފިލްމު ގެނެސްދޭ ތާރިހު އިއުލާންކޮށް ނެޓްފްލިކްސް އިން ވަނީ މި ސްޕައި ފިލްމުގެ ފުރަތަމަ ޓްރެއިލާ ވެސް އާންމުކޮށްފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގައި ދައްކާނީ އިންޑިއާގެ ގައުމީ ސަލާމަތާ ގުޅޭ ސިއްރުތައް ބޭރުގެ ބަޔަކަށް ވިއްކަމުން ދިޔަ މީހަކު ހޯދުމަށް އެ ގައުމުގެ ސަރުކާރުގެ ސްޕައި އެޖެންސީ ރޯ އިން ހިންގާ އޮޕަރޭޝަނެއްގެ ތެރެއިން ހިނގާ ކަންތައްތަކެކެވެ.

"ސާތު ކޫން މާފު" އާއި "ހައިދަރު" ކަހަލަ ފިލްމުތައް ޑައިރެކްޓުކުރި ވިޝާލް ބާދުވާޖު ޑައިރެކްޓުކުރާ މި ފިލްމުގައި ތާބޫއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ އަލީ ފަޒާލް އާއި ވަމީގާ ގައްބީ އެވެ.

ވިޝާލް ވަނީ މީގެ ކުރިން ތާބޫގެ ދެ ފިލްމެއް ޑައިރެކްޓުކޮށްފަ އެވެ. އެއީ "ހައިދަރު" އާއި "މަގުބޫލް" އެވެ.