ނެޓްފްލިކްސް އިން ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "ހަސީން ދިލްރުބާ"ގެ ދެވަނަ ބައި "ފިރް އާއީ ހަސީން ދިލްރުބާ" އަންނަ މަހު ނުވައެއްގައި ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "ހަސީން ދިލްރުބާ"ގެ ދެވަނަ ބައި "ފިރް އާއީ ހަސީން ދިލްރުބާ" އަންނަ މަހު ނުވައެއްގައި ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.
ނެޓްފްލިކްސް އިން މިހާރު ވަނީ މި ފިލްމު އަންނަ މަހު ނުވައެއްގައި ސްޓްރީމްކުރަން ފަށާނެކަން އިއުލާންކޮށްފަ އެވެ.
"ފިރް އާއީ ހަސީން ދިލްރުބާ" އަކީ ލޯތްބާއި ދޯކާ އަދި ކުށުގެ މައްޗަށް ބިނާކޮށްފައިވާ ތުރިލާ ފިލްމެކެވެ.
މި ފިލްމުގެ ފުރަތަމަ ބައިގައި ލީޑް ރޯލުތައް ކުޅުނީ ތާޕްސީ ޕަންނޫ އާއި ވިކްރާންތު މަސޭ އަދި ހަރްޝްވަރުދަން ރާނޭ އެވެ. ދެވަނަ ފިލްމުގައި ވެސް ލީޑް ރޯލުތައް ކުޅެނީ ތާޕްސީ އާއި ވިކްރާންތެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ދެވަނަ ފިލްމު ފަށާނީ ފުރަތަމަ ފިލްމު ނިމުނު ހިސާބުންނެވެ. އަދި އެ ފިލްމުގައި ޖޯޑެއްގެ ގޮތުގައި ގެނެސްދިން ރާނީ ކަޝްޔަޕް (ތާޕްސީ) އާއި ރިޝާބް ސަކްސޭނާ (ވިކްރާންތު) އިންޑިއާގެ އާގްރާގައި އާ ދިރިއުޅުމެއް ފަށާ ހިސާބުން އެ ދެމަފިރިންނަށް ކުރިމަތިވާ އާދަޔާ ހިލާފު ކަންތައްތައް މި ފިލްމުގައި ދައްކާނެ އެވެ.
ތާޕްސީ އާއި ވިކްރާންތުއާ އެކު ދެވަނަ ބައިގައި މުހިންމު ރޯލުތަކުން ފެންނާނީ ސަނީ ކައުޝަލް އަދި ޖިމީ ޝެރިގިލް އެވެ.
މި ފިލްމުގެ ޓީޒާއެއް މީގެ ހަތަރު މަސް ކުރިން ވަނީ އާންމުކޮށްފަ އެވެ.
"ހަސީން ދިލްރުބާ" ސްޓްރީމް ކުރަން ފެށީ ޖުލައި 2، 2021 ގަ އެވެ.
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު
"ބޫލް ބުލައްޔާ 3" މިއަދު ނެޓްފްލިކްސް އަށް
ކާޖޮލް އާއި ކްރިތީގެ "ދޯ ޕައްތީ" އަންނަ މަހު
ސެކްޓާ 36: ނެޓްފްލިކްސްގައި މަގުބޫލު ހިންދީ ފިލްމު
ކަރިޝްމާގެ ފިލްމު އަންނަ މަހު ނެޓްފްލިކްސް އަށް
"އެނިމަލް" މިއަދު ނެޓްފްލިކްސް އަށް
"ޖާނެ ޖާން"ގެ ޓްރެއިލާ ނެރެފި
އިންޑިއާގެ 41 އުފެއްދުމެއް ނެޓްފްލިކްސް އަށް
ފިލްމެއްގެ މަންޒަރާހެދި އަނިލް މާފަށް އެދެފި
"އޮޕަރޭޝަން ސިންދޫރު" ބޭނުންކުރުމާ ދެކޮޅަށް ކޯޓަށް