ބޮލީވުޑްގެ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޫލް ބުލައްޔާ 3" މާދަމާ ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.
ބޮލީވުޑްގެ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޫލް ބުލައްޔާ 3" މާދަމާ ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.
ހޮރޯ ކޮމެޑީ ފިލްމު "ބޫލް ބުލައްޔާ 3"އަށް ވަނީ ބޮކްސް އޮފީހުގައި 417 ކްރޯޑް ރުޕީސް (48.9 މިލިއަން ޑޮލަރު) ލިބިފަ އެވެ. އެއީ، 150 ކްރޯޑް ރުޕީސް (17.6 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
"ބޫލް ބުލައްޔާ"ގެ ހަތަރުވަނަ ފިލްމެއްގެ މަސައްކަތް ވެސް އެ ފިލްމުގެ އުފެއްދުންތެރިން ކަމަށްވާ އަނީސް ބަޒްމީ އާއި ބުޝަން ކުމާރް ވަނީ ފަށައިފަ އެވެ. އެއީ ފުރަތަމަ ތިން ފިލްމަށް ލިބުނު ތަރުހީބު ބޮޑުވުމުންނެވެ.
ދެވަނަ ފިލްމުގައި ލީޑު އެކްޓަރުގެ ރޯލު ކުޅުނު ކާތިކް އަރްޔަން މި ފިލްމުގައި ވެސް އުޅުނުއިރު، ހާއްސަ ރޯލަކުން ވިދްޔާ ބާލަން އާއި މަދޫރީ ދިކްޝިތު ވެސް ފެނުނެވެ. އަދި މުހިންމު ރޯލަކުން ތުރިޕްތީ ދިމްރީ ވެސް ފެނުނެވެ.
"ބޫލް ބުލައްޔާ 3"ގައި މަދޫރީ އާއި ވިދްޔާގެ ނެށުމެއް
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު
ކާޖޮލް އާއި ކްރިތީގެ "ދޯ ޕައްތީ" އަންނަ މަހު
ބޫލް ބުލައްޔާ 3: އެންމެންގެ ސަމާލުކަން ވިދްޔާއަށް
ސެކްޓާ 36: ނެޓްފްލިކްސްގައި މަގުބޫލު ހިންދީ ފިލްމު
"ހަސީން ދިލްރުބާ"ގެ ދެވަނަ ބައި އަންނަ މަހު
ކަރިޝްމާގެ ފިލްމު އަންނަ މަހު ނެޓްފްލިކްސް އަށް
"އެނިމަލް" މިއަދު ނެޓްފްލިކްސް އަށް
"ޖާނެ ޖާން"ގެ ޓްރެއިލާ ނެރެފި
ވިދިޔާ އާއި ޕްރަތީކަކީ "ލަވާޒް"