27 މެއި 2024
ނެޓްފްލިކްސް އަށް ލީ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބެލި ކުރިބޮލީވުޑް ފިލްމަކަށް "ލާޕަތާ ލޭޑީޒް" ވެއްޖެ އެވެ.
ނެޓްފްލިކްސް އަށް ލީ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބެލި ކުރިބޮލީވުޑް ފިލްމަކަށް "ލާޕަތާ ލޭޑީޒް" ވެއްޖެ އެވެ.
ނެޓްފްލިކްސްގެ ބޮލީވުޑް ބައިން މީގެ ކުރިން އެންމެ ގިނަ މީހުން ބެލި ފިލްމަކީ "އެނިމަލް" އެވެ. ނަމަވެސް މި ފިލްމު ފަހަތަށް ޖައްސާލާފައި، މިހާރު އެންމެ ކުރީގައި އޮތީ ބޮލީވުޑް ފިލްމު "ލާޕަތާ ލޭޑީޒް" އެވެ.
މި ސީރީޒް އަށް މިހާތަނަށް 13.8 މިލިއަން ވިއުސް ލިބިފައި ވާއިރު ފިލްމް "އެނިމަލް" އަށް ލިބިފައި ވަނީ 13.6 މިލިއަން ވިއުސް އެވެ.
ނެޓްފްލިކްސްގައި، އާމިރު ހާން އުފައްދައި، އަދި އޭނާގެ ކުރީގެ އަންހެނުން ޑައިރެކްޓްކުރި "ލޭޑީޒް ލާޕަތާ" ރިލީޒް ކުރީ ފިލްމް "އެނިމަލް" ބޮކްސް އޮފީހުގައި އެންމެ ކާމިޔާބުކޮށް ހިނގި ދުވަސްކޮޅު އެވެ. އަދި މި ސީރީޒްގައި މުޅިންހެން ވެސް ފެންނަނީ އާ މޫނުތަކެކެވެ.
މިދިޔަ އަހަރު ޑިސެމްބަރުގައި ރިލީޒް ކުރި ފިލްމް "އެނިމަލް" އަށް ބޮކްސް އޮފީހުގައި 900 ކްރޯޑް (108 މިލިއަން ޑޮލަރު) ލިބިފައި ވެއެވެ. ލާޕާތާ ލޭޑީޒް އެންމެ ފުރަތަމަ އެޅުވީ ޓޯރޮންޓޯ ފިލްމު ފެސްޓިވަލްގަ އެވެ. މި ފިލްމަށް 20 ކްރޯޑް (2 މިލިއަން ޑޮލަރު) ލިބިފައި ވެއެވެ. ނަމަވެސް ނެޓްފްލިކްސްގައި މި ފިލްމު އެޅުވި އިރު ވާހަކަ އަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައި ވެއެވެ.
ލާޕަތާ ލޭޑީޒް އަކީ އަލަތު ކައިވެނި ކޮށްގެން އުޅޭ ދެ އަންހެނަކު، ފިރިމީހާއާ އެކު ގެއަށް ދިއުމުގެ މަގުމަތީގައި ނޭނގި ފިރިމީހާ ބަދަލުވެގެން އުޅޭ ހާދިސާތަކެއް ހިމަނައިގެން ހަދާފައިވާ ފިލްމެކެވެ.
"އެނިމަލް" މިއަދު ނެޓްފްލިކްސް އަށް
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ކާޖޮލް އާއި ކްރިތީގެ "ދޯ ޕައްތީ" އަންނަ މަހު
އައިފާގައި އެންމެ މޮޅު ފިލްމަކަށް "އެނިމަލް"
"ދޫމް 4"ގެ ލީޑު ރޯލު ރަންބީރަށް
ސެކްޓާ 36: ނެޓްފްލިކްސްގައި މަގުބޫލު ހިންދީ ފިލްމު
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި
ބޮލީވުޑްގެ ވަރުގަދަ ކާސްޓަކާ އެކު "ދަ ރޯޔަލްސް"
"ހަސީން ދިލްރުބާ"ގެ ދެވަނަ ބައި އަންނަ މަހު
މަންމަގެ ގަހަނާތައް ލޯބިވެރިންނަށް ދިނިން: ރަންބީރް