Roadha Mihaaru
ފާރިސްގެ ޓީމާއެކު ޕީޕީއެމްގެ މަޝްވަރާ އަދިވެސް ކުރިއަށް

ފާރިސްގެ މެނިފެސްޓޯ ތަންފީޒުކުރަން ޕީޕީއެމާއެކު މަޝްވަރާކޮށްފި

14 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫންގެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމާ މެދު، އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ޕީޕީއެމް/ޕީއެންސީއާއެކު ފާރިސްގެ ކެމްޕެއިން ޓީމުން މިއަދު މަޝްވަރާކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫންގެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމާ މެދު، އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ޕީޕީއެމް/ޕީއެންސީއާއެކު ފާރިސްގެ ކެމްޕެއިން ޓީމުން މިއަދު މަޝްވަރާކޮށްފި އެވެ.

ޕީޕީއެމުން ފާރިސްގެ ޓީމާއެކު މަޝްވަރާތައް ފަށާފައިވަނީ އިއްޔެ އެވެ. ނަމަވެސް ކޯލިޝަން ހެދުމާ މެދު ވަކި ގޮތެއް ފާރިސްގެ ޓީމުން މިހާތަނަކަށް ނުނިންމަ އެވެ.

ޕީޕީއެމްއިން ބުނީ އެމްއާރްއެމްއާއެކު މިއަދު ވެސް ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

"މިބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ފާރިސް މައުމޫންގެ މެނިފެސްޓޯގައި ހިމެނިފައިވާ މުހިންމު ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައި." އެ ޕާޓީން ބުންޏެވެ.

އެ ޕާޓީން ބުނިގޮތުގައި ކޯލިޝަންގެ މަޝްވަރާތައް އިތުރު ޕާޓީތަކާއެކު ވެސް ދަނީ ކުރަމުންނެވެ.

ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ކޯލިޝަނެއްގައި ބައިވެރިވެފައިވަނީ އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް އެކަންޏެވެ. އޭނާ ގުޅިވަޑައިގަތީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ އެވެ. ދެން ތިއްބެވި ކެންޑިޑޭޓުންނާ އެކު ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީން ދަނީ މަޝްވަރާ ކުރަމުންނެވެ.