07 ސެޕްޓެމްބަރ 2023
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ވޯޓު ދޭން ނުވަނަ ނުދޭން ބުނެ، ރިޝްވަތު ހުށަހަޅާނަމަ އޭސީސީ އަށް މައްސަލަ ހުށަހެޅުމަށް އެދިއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ވޯޓު ދޭން ނުވަނަ ނުދޭން ބުނެ، ރިޝްވަތު ހުށަހަޅާނަމަ އޭސީސީ އަށް މައްސަލަ ހުށަހެޅުމަށް އެދިއްޖެ އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކެމްޕެއިން ކުރިއަށްދާއިރު ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމާއި ވޯޓު ދިނުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
"ކެމްޕެއިން ކުރިއަށް ދާއިރު ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ މީހުން، ވަކި ގޮތަކަށް ވޯޓު ހޯދުމަށް ނުވަތަ ވޯޓު ނުލުމަށް އެއްވެސް ނުފޫޒު ނުފޯރުވުމަށާއި ވަކި މީހަކަށް ވޯޓު ނުލުމަށް ބުނެ ރިށްވަތުގެ ގޮތުގައި ފައިސާ ނުވަތަ ހަދިޔާ ނުދިނުމަށް ދަންނަވަން،" އެސީސީން ބުންޏެވެ.
ވަކި ގޮތަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް އެދި ހުށަހަޅައި ހުށަހެޅުންތައް ގަބޫލު ނުކުރުމަށް ވެސް އޭސީސީން އެެދުނެވެ.
މާއްދީގޮތުން ނުވަތަ މާލީ ގޮތުން ފައިދާ ވާނެ ފަދަ އެއްވެސް ކަމެއް ކޮށްފިނަމަ އޭސީސީއަށް މައްސަލަ ހުށަހެޅުމަށް ވެސް އޭސީސީން އެދުނެވެ.
ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ގިނަ ފައިސާތަކެއް ގެންގުޅުނު މީހެއްގެ މައްސަލަަ ބަލަނީ
ރައީސް ނިންމެވި ބައެއް ނިންމުންތައް ވެސް އޭސީސީ އަށް
އޭސީސީ/އީސީ ވެރިން ކަނޑައަޅާ 2 ބިލު ތަސްދީގުކޮށްފި
އޭސީސީ/އީސީގެ ވެރިން ރައީސް ކަނޑައަޅާގޮތަށް ފާސްްކޮށްފި
އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރަން ފާސްކޮށްފި
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ
އޭސީސީ/އީސީގެ ވެރިން ރައީސް ކަނޑައަޅާ ބިލް ކޮމެޓީއަށް
ގާނޫނަށް އިސްލާހު ގެންނަން އެދުނީ މުއައްސަސާތަކުން
ނުފޫޒެއް ނެތް، އިސްލާހު ކުރަން ޖެހުނު ކަމެއް ކުރާނަން