Roadha Mihaaru
މެސީގެ ބޮޑީގާޑަށް އަހަރަކު 3.5 މިލިއަން ޑޮލަރު

މެސީގެ ބޮޑީގާޑަށް އަހަރަކު 3.5 މިލިއަން ޑޮލަރުގެ މުސާރައެއް

07 ސެޕްޓެމްބަރ 2023

ފްލޮރިޑާ (ސެޕްޓެމްބަރު 7) - އިންޓަ މަޔާމީގެ ފޯވާޑް ލިއޮނެލް މެސީގެ ބޮޑީގާޑަށް އަހަރަކު 3.5 މިލިއަން ޑޮލަރުގެ މުސާރައެއް ދޭކަން ހާމަވެއްޖެ އެވެ.

ފްލޮރިޑާ (ސެޕްޓެމްބަރު 7) - އިންޓަ މަޔާމީގެ ފޯވާޑް ލިއޮނެލް މެސީގެ ބޮޑީގާޑަށް އަހަރަކު 3.5 މިލިއަން ޑޮލަރުގެ މުސާރައެއް ދޭކަން ހާމަވެއްޖެ އެވެ.

މެސީގެ ބޮޑީގާޑަށް ހަމަޖެއްސީ އެމެރިކާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރި ޔާސީން ޗެއުކޯ އެވެ. އެމެރިކާ އަސްކަރިއްޔާއިން މި ފަހުގެ ތާރީހްގައި ކުރި އެންމެ ބޮޑު ހަނގުރާމަތަކުގައި އޭނާ ބައިވެރިވި އެވެ. އަފްޣާނިސްތާނާއި އިރާގާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމައިގައި އެ ދެ ގައުމުގައި ވެސް އޭނާ ހަރަކާތްތެރިވި އެވެ. އޭނާ އަކީ މިކްސްޑް މާޝަލް އާޓްސް ސްޕެޝަލިސްޓެއްގެ އިތުރުން ޓައިކުވަންޑޯ އަދި ބޮކްސިން އެކްސްޕާޓެކެވެ.

ޗެއުކޯގެ ތަޖުރިބާ މީޑީއާގައި ހާމަވުމުން ޑިފެންސް އަދި ސެކިއުރިޓީ ދާއިރާގެ ތަޖުރިބާކާރުން ބުނީ މެސީގެ ބޮޑީގާޑަށް ނަގައިފައި ވަނީ އެންމެ ރަނގަޅު މީހާ ކަމަށެވެ.

މެސީއާ ބައްދަލު ކުރަން ދަނޑަށް އެރި ޒުވާނަކު ހުއްޓުވަން ޗެއުކޯ މަސައްކަތް ކުރަނީ

މެސީއާ ބައްދަލު ކުރަން ދަނޑަށް އެރި ޒުވާނަކު ހުއްޓުވަން ޗެއުކޯ މަސައްކަތް ކުރަނީ

އޭނާގެ ހުށިޔާރުކަން އެންމެ ބޮޑަށް ފާހަގަވީ މި ހަފުތާގައި ލޮސްއެންޖަލިސްއާ ދެކޮޅަށް މަޔާމީ ކުޅުނު މެޗުގައި ދަނޑަށް އެރި ސަޕޯޓަރަކު ކޮންޓްރޯލްކުރަން ޗެއުކޯގެ އަވަސް ހަރަކާތް ފެނުމުންނެވެ.

ދަނޑުގެ ޓަޗްލައިނާ ކައިރިން ޗެއުކޯ ޕެޓްރޯލް ކުރަމުންދިޔަތަން ފާހަގަވި އެވެ. މެސީގެ ކޮންމެ ހަރަކާތަކަށް ބަލަހައްޓައިގެން ހިނގަމުން އޭނާ ކުރިއަށް އަދި ފަހަތައް ވެސް ދެއެވެ. އެ މެޗުގައި މެސީއާ ބައްދަލުކުރުމުގެ ނަސީބު ލިބުނު ސަޕޯޓަރަކު ހުއްޓުވަން 0.60 މޭލުގެ ބާރުމިނުގައި ގޮސް އޭނާގެ ހުށިޔާރުކަން ދައްކައިލި އެވެ. މުޅި އުމުރު ހަނގުރާމަކުރަން ތަމްރީނުކޮށްފައިވާ ޗެއުކޯ ބާރު ސްޕީޑުގައި ގޮސް ބާސާ ޖޯޒީއެއްލައިގެން ހުރި ޒުވާނާ ޖަހައިގަތީ "ސިންގާއެއް" ފަދަގޮތަކަށެވެ. އޭނާ ގޮސް ޖަހައިގަތުމުން ހަމަ ޔަގީނުން ވެސް އެ ޒުވާނާ އަށް ވެސް ތަދު އިހްސާސް ކުރެވުނެވެ.

މެޗު ނިމުމުން އެހެން ކުޅުންތެރިންނާ ސަލާމް ކުރަމުން މެސީ ދިޔައިރު ވެސް އޭނާގެ ފަހަތުގައި ވެސް ޗެއުކޯ ހުއްޓެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެންމެ ގިނަ ފަހަރު ހޯދި މެސީ ބަލަހައްޓަން އެކިގޮތްތުން ފަންސާހަކަށް ބޮޑީގާޑުންގެ . ބައެއް އެހެން ބޮޑީގާޑުން މެސީގެ ގެއާއި އޭނާ ދަތުރުކުރާ މަގުތަކާއި އޭނާ ޒިޔާރަތްކުރަން ހަމަޖެހިފައިވާ ސްޓޭޑިއަމް އޭނާ ދިއުމުގެ ކުރިން ބަލާ ފާސްކުރާ ކަމަށް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް ޗެއުކޯ އަކީ މެސީއާ އެންމެ ކައިރީގައި ހުންނަ ބޮޑީގާޑެވެ.