Roadha Mihaaru
މެސީއަށް ސީޒަން ނިމުނީ ފަހު މެޗުން ވެސް ބަލިވެގެން

މެސީ އަށް ސީޒަން ނިމުނީ ފަހު މެޗުން ވެސް މަޔާމީ ބަލިވެގެން

22 އޮކްޓޯބަރ 2023

އުތުރު ކެރަލައިނާ (އޮކްޓޯބަރު 22) - ޝާލޮޓް އެފްސީ އަތުން 1-0 ން އިންޓަ މަޔާމީބަލިވެ، އެމެރިކާގެ ފުޓްބޯޅަ ލީގުގެ ސީޒަން ލިއޮނެލް މެސީ އަށް ނިމިއްޖެ އެވެ.

އުތުރު ކެރަލައިނާ (އޮކްޓޯބަރު 22) - ޝާލޮޓް އެފްސީ އަތުން 1-0 ން އިންޓަ މަޔާމީބަލިވެ، އެމެރިކާގެ ފުޓްބޯޅަ ލީގުގެ ސީޒަން ލިއޮނެލް މެސީ އަށް ނިމިއްޖެ އެވެ.

އުތުރުގެ ކެރަލައިނާ ސިޓީގެ ބޭންކް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މެޗަކީ، މެދު ކެނޑުމަކަށް ފަހު ފުރަތަމަ 11 އަށް މެޗެވެ.

މެޗުގެ ފުރިހަމަ ވަގުތު މެސީ ކުޅުނެވެ. މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް މަޔާމީ އަށް ލިބޭނެ ކުރިއެރުމެއް ނެތެވެ. މާ ކުރިން މަޔާމީ އޮތީ މެޖޭ ލީގަށް ކޮލިފައިނުވެ ކަޓައިފަ އެވެ.

އާޓިފިޝަލް ވިނަގަނޑެއް އޮތް ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޝާލޮޓަށް ޖަހައި ދިނީ ކާވިން ވާގަސް އެވެ. ނަމަވެސް މިޔާމީ އަށް އެތައް ފަހަރެއްގެ މަތިން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

މެޗުން ޝާލޮޓްގެ މޮޅުވުމުން އެ ޓީމު ވަނީ ފުރަތަމަ ފަހަރަށް މޭޖާ ލީގަށް ކޮލިފައިވުމަށް ޕްލޭއޮފްއިން ޖާގަ ހޯދައިފަ އެވެ.