Roadha Mihaaru
ރަސްދޫގައި 50 ހައުސިން ޔުނިޓް އަޅަން އެސްޖޭއަށް

ރަސްދޫގައި 50 ހައުސިން ޔުނިޓް އިމާރާތް ކުރަން އެސްޖޭއާ ހަވާލުކޮށްފި

04 ސެޕްޓެމްބަރ 2023

އއ. ރަސްދޫގައި ސަރުކާރުން އިމާރާތް ކުރަން ނިންމާފައިވާ 50 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލު ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އއ. ރަސްދޫގައި ސަރުކާރުން އިމާރާތް ކުރަން ނިންމާފައިވާ 50 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލު ކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އެސްޖޭ ކޮންސްޓްރަކްޝަނުން ސޮއިކުރެއްވީ ޑިރެކްޓަރު ޝިހާދު އިބްރާހިމް އެވެ.

ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނަ އެ އިމާރާތުގައި ތިން ކޮޓަރި އާއި ތިން ފާހަނާ އަދި ސިޓިންގް ރޫމާއި ބަދިގެ އާއި ކާގެ އާއި ލޯންޑަރީގެ އިތުރުން ސްޓޯރް ރޫމު ހިމެނޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރަސަްދޫގައި ހައުސިންގް ޔުނިޓް އެޅުމަށް އެސްޖޭއާ ހަވާޅުކުރުމަށް ސޮއި ކުރަނީ.-- ފޮޓޯ: ހައުސިން މިނިސްޓްރީ

ރަސަްދޫގައި ހައުސިންގް ޔުނިޓް އެޅުމަށް އެސްޖޭއާ ހަވާޅުކުރުމަށް ސޮއި ކުރަނީ.-- ފޮޓޯ: ހައުސިން މިނިސްޓްރީ

އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައި ދިނުމަށްޓަކައި ހައުސިން ޔުނިޓްތައް ވަށައިގެން އަލިކޮށް، ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޕީއެސްއައިޕީ ބަޖެޓުން ހަވާލުކުރި އެ މަސައްކަތުގެ އަގަކީ 84،218،400ރ. އެވެ. އެ މަސައްކަތް އެސްޖޭއާ ހަވާލުކުރީ 270 ދުވަސްތެރޭ ނިންމަން ޖެހޭ ގޮތަށެވެ.