Roadha Mihaaru
ކޯނީ ރިޕޯޓް ގެއްލިއްޖެ، ޕޮލިހަށް ހުށަހަޅައިފިން:ރައީސް

ކޯނީ ރިޕޯޓް ގެއްލިއްޖެ، މައްސަލަ ފުލުހަށް ހުށަހަޅައިފިން: ރައީސް

04 ސެޕްޓެމްބަރ 2023

ފެބުރުއަރީ7، 2012 ގައި ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރަން އެކުލަވާލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް މިހާރު ވީތަނެއް ނޭނގޭ ކަމަށާއި އެ ރިޕޯޓަށް ވީ ގޮތް ބަލަން މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ހދ. ނޭކުރެންދޫން އިފްރާޒް އަލީ

ފެބުރުއަރީ7، 2012 ގައި ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރަން އެކުލަވާލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް މިހާރު ވީތަނެއް ނޭނގޭ ކަމަށާއި އެ ރިޕޯޓަށް ވީ ގޮތް ބަލަން މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕޭނަށް ހދ. ނޭކުރެންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ކުރީގެ ސަރުކާރުތަކުގައި ރައްޔިތުންނާ މެދު އަމަލުކުރަމުންދާ ގޮތް ތަފްސީލްކޮށްދެއްވަމުން ރައީސް ވިދާޅުވީ ރައްކާކޮށްފައި ބާއްވަން ނިންމި ކޯނީ ރިޕޯޓަށް ވެސް ވީ ގޮތެއް ނޭނގޭ ކަމަށެވެ. ތަހުގީގަށް ފަހު، ނިންމާފައި އޮތީ 25 އަހަރު ވަންދެން އެ ރިޕޯޓް ރައްކާކޮށްފައި ބޭއްވުމަށެވެ.

"މިއީ ދައުލަތުގެ ކޮން ކަހަލަ ބޮޑު ސިއްރެއްތޯ. މިއަދަކު އެއެއް ނެތް. އެކަން ބަލައި ތަހުގީގު ކުރީމަ އެނގޭނީ އޭގައި ޒިންމާވާ މީހުން. އަޅުގަނޑުމެން ފުލުސް އޮފީހަށް ހުށަހަޅައިގެން އެކަން ބަލަމުން މި އަންނަނީ،" ރައީސް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނަން ޖެހޭ ކަންތައްތަކަކީ ކުރިމަތިލައްވައިގެން ތިއްބެވި ކެންޑިޑޭޓުންނާ ދޭތެރޭގައި."

މީގެކުރިން ވެސް ކޯނީ ރިޕޯޓް "ނައްތާލީ" ކަމުގެ ތުހުމަތު އޮތީ ފެންމަތިވެފަ އެވެ. މި މައްސަލާގައި ކުރީގެ ރައީސަކާއި އެ ރައީސްގެ ކެބިނެޓުގެ ދެ ވަޒީރަކު ޕޮލިހަށް ހާޒިރުކުރަން ނިންމާފައިވާ ކަން އެނގިފައިވެ އެވެ.

އިންކުއަރީ ކޮމިޝަން އެކުލަވާލީ ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވާން ހިނގާފައިވާ ގޮތް، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބަލައި ހޯދައި، އެކަމުގެ ރިޕޯޓެއް އެކުލަވައިލުމަށެވެ. އެ ވެރިކަން ނިމުނީ އެ ރިޕޯޓުގައިވާ ގޮތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ރިޕޯޓާ ގުޅިގެން، އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު އޮގަސްޓް، 30، 2012 ގައި ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ވެސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެ ވެރިކަން ނިމުނީ، އެ އެމްޑީޕީން ތުހުމަތު ކުރި ގޮތަށް ބަޣާވާތަކުން ނޫން ކަމަށާއި ގާނޫނީ ގޮތުން ސައްހަކޮށް ކަަމަށެވެ.