03 ސެޕްޓެމްބަރ 2023
ލަންޑަން (ސެޕްޓެމްބަރު 3) - ބަދަލުތަކާ އެކު ވެސް ކުރިއެރުމެއް ނުލިބި ޗެލްސީ ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 1-0 ން ބަލި ވެއްޖެ އެވެ.
ލަންޑަން (ސެޕްޓެމްބަރު 3) - ބަދަލުތަކާ އެކު ވެސް ކުރިއެރުމެއް ނުލިބި ޗެލްސީ ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 1-0 ން ބަލި ވެއްޖެ އެވެ.
ރޭ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުގައި ފޮރެސްޓްގެ ލަނޑު ޖެހީ އެންތޮނީ އެލަންގާ އެވެ.
ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމަށް ހޯދުނީ ތިން ޕޮއިންޓެވެ.
މެޗުން ބަލިވިޔަސް، ޗެލްސީގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފެނުނުކަން އެ ޓީމުގެ ކޯޗު މައުރީޝިއޯ ޕޮޗެޓިނޯ ފާހަގަ ކުރި އެވެ.
"މި ކަހަލަ މެޗުތަކުގެ ސަބަބުން އަހަރެމެންނަށް އިތުރަށް މެޗޫއާވުމަށް މަގުފަހިވެގެންދާނެ. އެއީ ހަމައެކަނި ކޮލިޓީ އޮތުމެއް ނޫން،" ޕޮޗެޓީނޯ ބުންޏެވެ.
ޗެލްސީގެ މެޗުން ނަތީޖާ ލިބުމުން ހިތްހަމަޖެހިފައި ހުރި ފޮރެސްޓްގެ ކޯޗު ސްޓިވް ކޫޕާ ބުނީ އޭނާގެ ޓީމަށް ނަތީޖާ ހައްގު ކަމަށެވެ.
ކުރިން އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ޓީމު ބަލިވީ އެންމެ އިންސާފުވެރި ނިންމުންތަކުން ނޫން ކަމަށް އޭނާ ބުނެ އެވެ.
އެލަންގާ (ވ) އާއި ސްޓީވް ކޫޕާ އުފާފާޅު ކުރަނީ: އޭނާ ބުނީ މެޗުން މޮޅުވުން ފޮރެސްޓަށް ހައްގު ކަމަށް --- ފޮޓޯ: އޭއެފްޕީ
"މެންޗެސްޓާ ޔުނައިޓެޑްގައި އަހަރެމެންނާ މެދު ކަންތައް ކުރި ގޮތް އަހަންނަށް ފެނުނު. ލީގުގެ ފުރަތަމަ ހަފުތާ ބަންދުގައި އާސެނަލްގެ ވަރުގަދަ ޓީމާ ދެކޮޅަށް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ (އެ މެޗުގައި ފޮރެސްޓް ބަލިވީ 2-1 އިން،" ކޫޕާ ބުންޏެވެ.
"މިއަދު [ރޭ] މި ކުޅު ކަހަލަ މެޗަކުން މޮޅުވާން ކުރަން ޖެހޭ ކަންކަން ކުޅުންތެރިން ގަބޫލުކުރަމުން ގެންދިއަ، އެ ކުޅުންތެރިންނަށް ވަރަށް ބޮޑު ކްރެޑިޓެއް ހައްގު. އަހަރެމެން ޕްލޭން ކާމިޔާބު ކުރުމުގައި ކުޅުންތެރިން ބުރަ މަސައްކަތް ކުރި"
ލަންޑަންގެ އަނެއް ޓީމު، ޓޮޓެންހަމް ހޮޓްސްޕާސް ރޭ ވަނީ ބާންލީގެ މައްޗަށް 5-2 ން މޮޅުވި އެވެ.
މެޗުގައި ސަން ހިއުންގް މިން ހެޓްރިކް ހެދި އެވެ. އަނެއް ދެ ލަނޑު ޖެހީ ކްރިސްޓިއަން ރޮމޭރޯ އާއި ޖޭމްސް މެޑިސަން އެވެ. ބާންލީގެ ދެ ލަނޑު ޖެހީ ލައިލް ފޮސްޓާ އާއި ޖޯޝް ބްރައުންހިލް އެވެ.
އެކަޑަމީ ޕްލޭޔަރުން ނެރުމުގައި ފޮރެސްޓް 83 އަހަރު
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ސްލޮޓްގެ ފުރަތަމަ ބަލި: "މިއީ ފަހަތަށް ވެއްޓުމެއް"
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
ޗެލްސީއަށް ހަމަނޭވާއެއް ދެންފެށި ޔޫރަޕު ޖާގައިގެ ވާހަކަ
ވައިޓްގެ "ސިއްރު އުކުޅުން" އާސެނަލް އެއްވަނައިގައި
ވީއޭއާރްއާ ހެދި ޕްރިމިއާ ލީގު ހަލާކުވެއްޖެ: ޕޮޗެޓީނޯ
ގެއްލުން ކުރިމަތިވުމުން ޗެލްސީގެ ހޮޓެލްތައް ވިއްކާލައިފި
ޗެލްސީގެ ސީއީއޯ ފުޓްބޯޅަ ދަންނަ މީހަކަށް ނުވި
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ