02 ސެޕްޓެމްބަރ 2023
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަކީ ނުރައްކަލެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަކީ ނުރައްކަލެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ބޮޑީ ކެމް ބޭނުންކުރުމަކީ ނުރައްކަލެއް ކަމަށާއި އެގޮތަށް އެކަން ކުރެވިގެން ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޯޓުލާ މަރުކަޒުގެ ތެރޭގައި ފުލުހުން ބޮޑީ ކެމް ޖައްސައިގެން ތިބި ނަމަ، ވޯޓުލާ ބޫތުގައި ކަންކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ޕޮލިސް ކޮމާންޑް ސެންޓަރަށް ލިބޭނެ އެވެ.
"މަރުކަޒުތަކުގެ އެތެރޭގައި ބޮޑީ ކެމް ޖައްސައިގެން އުޅޭކަމަށް ވާނަމަ މީގެއިން އެބައުޅޭ ވަރަށް ބޮޑު ނުރައްކަލެއް. އެއީ ވޯޓިން ބޫތުގައި މީހާ ހުންނައިރު އަދި ވޯޓިން ބޫތު އަރާ ގޮތަށް ޕޮލިސް މީހާ އެނބުރި ހުރެއްޖެއްޔާ ޕޮލިސް ކޮމާންޑް ސެންޓަރަށް ހަމަ ހުރިހާ މައުލޫމާތެއް ލިބެމުންދާނެ،" ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމަކީ ވޯޓުލާންދާ މީހުންނަށް ކުރިމަތިވާނެ ބިރުވެރިކަމަށްވާތީ އެކަން އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ.
"ބިރެއް ނެތް އިންތިހާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން މިކަމުގައި ފުލުހުންނާ ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން އެދޭ އެދުމެއް،" ތޮލާލް ވިދާޅުވި އެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ޑެޕިއުޓީ ކޮމާންޑަރުު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު މުސްލިމް ވިދާޅުވީ އިންތިހާބުގައި ފުލުހުންގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ގޮތުން މިފަހަރު ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެކަން އިލެކްޝަންސް ކޮމިޝަނަށް ވެސް އަންގާފައިވާއިރު ބޮޑީ ވޯން ކެމެރާ ބޭނުންކުރާނީ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުންނެވެ.
ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މިއީ އިންތިހާބެއްގައި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރާ ފުރަތަމަ ފަހަރެވެ.
ފުލުހުންނާއި ސިފައިންގެ ވޯޓަށް ހުރަސްއަޅާކަމުގެ ތުހުމަތު
މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލަ ޕޮލިހަށް
ޔާމީން ބޭނުންވީ ރިވިއު އަށް ފުރުސަތު ހޯދަން
މުއިއްޒަށް ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެން ނޫން
މަޖިލީހުގައި ހިންގި މާރާމާރީގެ މައްސަލަ އިދާރާތަކަށް
ޕީޕީއެމްގެ ވެރިކަމެއްގައި މަގުތައް ނާމާން: އެމްޑީޕީ
ޝަރީފަށް ހަމަލާދިނުމުގެ ތުހުމަތަށް 4 މީހުން ހައްޔަރަށް
ހުސައިން އިންތިހާބުވީ ޕީއެންސީގެ ޓިކެޓްގައި
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު