03 އޮކްޓޯބަރ 2023
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ގުޅޭ މަސައްކަތުގައި އުޅުއްވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަށް ހަމަލާދިނުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ގުޅޭ މަސައްކަތުގައި އުޅުއްވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަށް ހަމަލާދިނުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ގުރޫޕަކުން ޝަރީފަށް ހަމަލާދިނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން ކުރިއަށް ދަނިކޮށް މާލޭގައި ހުންނަ މެންހަޓަން ހޮޓަލް ތެރެއިންނެވެ. އެ ހަމަލާ އާ ގުޅިގެން ޝަރީފުގެ މޫނުމައްޗަށް ވަނީ އަނިޔާ ލިބިފަ އެވެ.
ފުލުހުން ބުނީ ޝަރީފަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ހުސް ދިވެހިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، އެ ހަމަލާ ދިނީ ވޯޓު ގަތުމުގެ ކަންކަން ކުރާ ކަމަށް ތުހުމަތުކޮށެވެ. އަދި އެކަން ކުރީ ޕީޕީއެމަށް ނިސްބަތްވާ ގޭންގަކުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ޝަރީފްގެ އިތުރުން ފޭދޫ ދާއިރާގެ މުހައްމަދު ނިހާދަށް އައްޑޫގައި ހަމަލާދިން މައްސަލައެއް ވެސް އެ ދުވަހު ހުށަހެޅި އެވެ. އެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
ކެފޭއަކަށް ވަދެ މީހަކަށް ހަމަލާދިން މީހާ ދޫކޮށްލައިފި
ތޫނު ހަތިޔާރުން ހަމަލާދޭ މީހާ އަނެއްކާ ހައްޔަރުކޮށްފި
ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކުރަން ޕީޖީއަށް
އެއާޕޯޓްގައި މާރާމާރީ ހިންގި މީހާއަށް ޖޫރިމަނާގެ އަދަބު
ދިވެހިންނާއި ބިދޭސީންގެ މާރާމާރީއެއް؛ އެކަކު ހައްޔަރު
ޝަމީމަށް ހަމަލާދިންއިރު ސެކިއުރިޓީއެއް ނެތް
"މަސައްކަތާއި ކަސްރަތުގައި ދެން އުޅޭނީ މާ ގަދަކޮށް"
ޝަމީމަށް ހަމަލާދިނީ ފާރަލަމުންދިޔަ ދެ މީހެއް!
ޝަމީމަށް ދިން ހަމަލާ ޕާޓީތަކުން ކުށްވެރިކޮށްފި