29 އޯގަސްޓް 2023
ކަރީނާ ކަޕޫރު ހާންގެ އާ ފިލްމު "ޖާނެ ޖާން"ގެ ލީޑު ރޯލުތަކަށް އޭނާއާ އެކު ވިޖޭ ވަރުމާ އާއި ޖައިދީޕް އަލާވަތު ހަމަޖައްސައިފި އެވެ.
ކަރީނާ ކަޕޫރު ހާންގެ އާ ފިލްމު "ޖާނެ ޖާން"ގެ ލީޑު ރޯލުތަކަށް އޭނާއާ އެކު ވިޖޭ ވަރުމާ އާއި ޖައިދީޕް އަލާވަތު ހަމަޖައްސައިފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ މި ފިލްމު އިއުލާންކުރީ މިދޔަ ހަފުތާ ބަންދުގަ އެވެ. މިއީ ސްޓްރީމިން ސާވިސްއެއްގެ ފިލްމެއްގައި ކަރީނާ މަސައްކަތްކުރާ ވެސް ފުރަތަމަ ފަހަރެވެ.
"ޖާނެ ޖާން" އަކީ 2005 ވަނަ އަހަރު ނުކުތް ޖަޕާނުގެ މިސްޓްރީ ކްރައިމް ވާހަކަ ފޮތެއް ކަމަށްވާ "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެ ވާހަކަ ފޮތަށް ބިނާކޮށް ސައުތު ކޮރެއާ އިން ވެސް 2017 ވަނަ އަހަރު ފިލްމެއް ހަދާފައިވެ އެވެ.
މި ފިލްމު އިއުލާން މި ކުރީ ވެސް ފިލްމުގެ ގިނަ މަސައްކަތްތަކެއް ނިމުނު ފަހުންނެވެ. އަންނަ މަހު 21 ގައި މި ފިލްމު ސްޓްރީމިން އަށް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.
"ޖާނެ ޖާން" ޑައިރެކްޓުކުރަނީ "ކަހާނީ" އާއި "ބަދުލާ" ކަހަލަ މޮޅު ފިލްމުތައް ޑައިރެކްޓުކުރި ސުޖޯ ގޯޝް އެވެ.
ސުޖޯ ގޯޝް ބައެއް އިންޓަވިއުތަކުގައި ބުނެފައިވާ ގޮތުގައި "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" އަކީ އޭނާގެ އެންމެ ފޭވަރިޓް "ލޯބީގެ ވާހަކަ" އެވެ. އަދި އެ ވާހަކައަށް ފިލްމެއް ހެދުމަކީ އޭނާ އަބަދުވެސް ބޭނުންވި ކަމެކެވެ.
ކަރީނާގެ "ދަ ބަކިންހަމް މާޑާސް"ގެ ޓީޒާއެއް ނެރެފި
ކަރީނާގެ އާ ފިލްމަށް އަނޫރާގުގެ ތައުރީފު
"ސިންގަމް 3"ގައި ދީޕިކާ ވެސް ފުލުހެއްގެ ރޯލު ކުޅެނީ
"ޖަބް ވީ މެޓް"ގެ ސީކުއެލްއެއް ވެސް ހަދަނީ
"ޖާނެ ޖާން"ގެ ޓްރެއިލާ ނެރެފި
ކަރީނާ، ތާބޫ އަދި ކްރިތީގެ ފިލްމު އަންނަ އަހަރު
ރިތިކާއި ކަރީނާ އަލުން އެކީގައި ފެނިދާނެ
"ބަޖްރަންގީ ބައިޖާން 2" ގެ ހިލަމެއް ކަބީރަކަށް ނެތް
"ސިންގަމް 3" ގެ ކުރިން "ގޯލްމާލް 5" ހަދާނެ
އާމިރާއި ކަރީނާގެ ފިލްމު އަނެއްކާވެސް ލަސްވެއްޖެ