ބޮލީވުޑްގެ އެކްޓްރެސް ކަރީނާ ކަޕޫރު ހާންގެ އާ ފިލްމު "ދަ ބަކިންހަމް މާޑާސް"ގެ ޓީޒާއެއް އާންމުކޮށްފި އެވެ.
ބޮލީވުޑްގެ އެކްޓްރެސް ކަރީނާ ކަޕޫރު ހާންގެ އާ ފިލްމު "ދަ ބަކިންހަމް މާޑާސް"ގެ ޓީޒާއެއް އާންމުކޮށްފި އެވެ.
"ދަ ބަކިންހަމް މާޑާސް"ގެ ފުރަތަމަ ޓީޒާ އާންމުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި މި ޓީޒާއާ އެކު ފިލްމު ސިނަމާތަކުގައި ދައްކަން ފަށާ ތާރީހު ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެއީ އަންނަ މަހު 13 އިން ފެށިގެންނެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ފެށުމުގެ ކުރިން މިދިޔަ އަހަރު އޮކްޓޯބަރު މަހުގައި ވަނީ ބީއެފްއައި ލަންޑަން ފިލްމު ފެސްޓިވަލާއި ޖީއޯ އެމްއޭއެމްއައި މުމްބައި ފިލްމު ފެސްޓިވަލުގައި ވެސް ދައްކައިފަ އެވެ. އެ ދެ ފެސްޓިވަލުގައި ވެސް މި ފިލްމަށް ވަނީ ތައުރީފު އޮއްސާލައިފަ އެވެ.
"ދަ ބަކިންހަމް މާޑާސް" އަކީ "އޮމަރްތާ" އާއި "ޝާހިދު" ކަހަލަ ބޮލީވުޑްގެ ފިލްމުތައް ގެނެސްދީފައިވާ ހަންސަލް މެހެތާގެ ޑައިރެކްޝަނެކެވެ. މި ފިލްމު އުފެއްދީ އެކްތާ ކަޕޫރުގެ ބަލާޖީ މޯޝަން ޕިކްޗާސް އިންނެވެ.
މި ފިލްމުގައި ކަރީނާ ކުޅެނީ ޑިޓެކްޓީވްއެއްގެ ރޯލެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ފިލްމުގައި ކަރީނާގެ އަމިއްލަ ދަރިފުޅު މަރުވާ ފަހުން ލިބޭ ކޭސްއެއްގައި އެކަނިވެރި މައެއްގެ ކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމަށް ކުރާ ކަންކަމުގެ މައްޗަށެވެ.
ކަރީނާގެ އާ ފިލްމަށް އަނޫރާގުގެ ތައުރީފު
"ޖާނެ ޖާން"ގެ ޓްރެއިލާ ނެރެފި
ކަރީނާ، ތާބޫ އަދި ކްރިތީގެ ފިލްމު އަންނަ އަހަރު
ސީކްއެލްތަކަކީ އަހަރެން ގަބޫލުކުރާ އެއްޗެއް ނޫން:ކަބީރް
ވިކީގެ އާ ފިލްމަށް ބޮޑު އާމްދަނީއެއް
އަނޫރާގުގެ "މެޓްރޯ އިން ދިނޯ" މި އަހަރު ގެނެސްދެނީ
އަނުޕާމްގެ 544 ވަނަ ފިލްމު ޕްރަބާސްއާ އެކު
"މޭ ހޫ ނާ"ގެ ސީކުއެލްއެއްގެ މަސައްކަތް ފަށައިފި
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު