Roadha Mihaaru

ކްލޮޕްގެ 1000 މެޗުގެ ތެރެއިން މިވަރުގެ މެޗަކާ ކުރިމަތިނުލާ

ނިއުކާސަލް (އޯގަސްޓް 28) - އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ ލިވަޕޫލުން، ފަހު ވަގުތު ނިއުކާސަލް ޔުނައިޓެޑް ކޮޅަށް ދެ ލަނޑު ޖަހައިގެން 2-1 ން މޮޅުވި މެޗަކީ ކޯޗެއްގެ އޭނާ ކުރިމަތިލި 1000 މެޗުގެ ތެރެއިން ތަފާތު މެޗެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ކްލޮޕްގެ 1000 މެޗުން މިވަރުގެ މެޗަކާ ކުރިމަތިނުލާ

ނިއުކާސަލް (އޯގަސްޓް 28) - އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ ލިވަޕޫލުން، ފަހު ވަގުތު ނިއުކާސަލް ޔުނައިޓެޑް ކޮޅަށް ދެ ލަނޑު ޖަހައިގެން 2-1 ން މޮޅުވި މެޗަކީ ކޯޗެއްގެ އޭނާ ކުރިމަތިލި 1000 މެޗުގެ ތެރެއިން ތަފާތު މެޗެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލުން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނީ އެ ޓީމުގެ ކެޕްޓަން ވާކިލް ވެންޑައިކަށް މެޗުގެ 28 ވަނަ މިނެޓްގައި ރަތް ކާޑް ދެއްކުމުންނެވެ. އެކަމަކު އޭގެ ކުރިން ވެސް ނިއުކާސަލްއިން އޮތީ ލީޑް ނަގައިފަ އެވެ.

އެލެގްޒެންޑާ އާނާލްޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 25 ވަނަ މިނެޓްގައި ނިއުކާސަލް އަށް ލީޑް ނަގައިދިނީ އެންޓޮނީ ގޯޑަން އެވެ.

މެޗުގެ 80 ވަނަ މިނެޓާ ހަމައަށް ދިޔައިރު ވެސް ލިވަޕޫލް އޮތީ ފަހަތުގަ އެވެ. އެކަމަކު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ޑާވިން ނުނެޒް ނަތީޖާ ބަދަލު ކުރި އެވެ. ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު އޭނާ ޖެހީ 81 ވަނަ މިނެޓްގަ އެވެ. ޓީމު މޮޅުކޮށް ދިން ލަނޑު އޭނާ ޖެހީ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި މުހައްމަދު ސަލާހް ތަނަވަސްކޮށް ދިން ބޯޅައިންނެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ ލިވަޕޫލަށް ފަހު ވަގުތު ދެ ލަނޑު ޖަހައި ނަތީޖާ އަނބުރާ ލެވުމަކީ އޭނާގެ ކޯޗިން ކެރިއާގައި ފެނުނު ތަފާތު މެޗެއް ކަމަށް ސިފަ ކުރި އެވެ.

"ކޯޗެއްގެ ހައިސިއްޔަތުން 1000 އަށް ވުރެ ގިނަ މެޗާ އަހަރެން ކުރިމަތިލައިފިން. އެކަމަކު ދުވަހަކު ވެސް މިކަހަލަ މެޗެއް އަހަރެން ނުދެކެން," ކްލޮޕް ބުންޏެވެ.

"މިކަހަލަ މާހައުލެއްގައި 10 ކުޅުންތެރިންނާ އެކު މިކަހަލަ ވާދަވެރި ޓީމަކާ ދެކޮޅަށް. މިވަރުގެ މެޗުތަކަކީ ވަރަށް މަދުން ނޫނީ ނުފެންނަ އަދި ވަރަށް ހާއްސަ މެޗުތަކެއް. މި ކުޅުންތެރިންނަށް އެކަން ހައްގު."

ކްލޮޕް އަށް ދެއްކި ރަތް ކާޑާ ބެހޭގޮތުން ކްލަޕް ވަނީ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ އެއީ ރަތް ކާޑެއް ދައްކަން ޖެހޭ ހާލަތެއް ނޫން ކަމަށެވެ.

"އެއީ މާ ބޮޑު ޖެހިފައެއް ވެސް ނެތް،" ކްލަޕް ބުންޏެވެ.

"އެކަމަކު 10 ކުޅުންތެރިންނާ އެކު ވެސް އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނު. އަހަރެންގެ ކުޅުންތެރިން ގަބޫލުކުރި އެ މީހުންނަށް އެކަން ކުރެވޭނެ ކަމަށް."

ކްލޮޕް ބުނީ ފުރަތަމަ 11 ގައި ކުޅެން ނުލިބުމުން ނުނެޒް ހުރީ އެހާ ހިތްހަމަޖހިފައި ނޫން ކަމަށެވެ.

"އެކަމަކު އޭނާގެ ގައިގައި ބައްދާލައި އަހަރެން އޭނާ އަށް ހިތްވަރު ދިނިން،" ކްލްޕް ބުންޏެވެ.

މެންޗެސްޓާ ސިޓީން ވަނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 2-1 ން ކާމިޔާބުކޮށްފަ އެވެ.