27 އޯގަސްޓް 2023
ގދ. ހޯނޑެއްދޫ ކައިރީގައި އޮތް ކަޑެވާރެހާގައި ޓޫރިޒަމްގެ މަޝްރޫއުތައް ހިންގޭނެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. ހޯނޑެއްދޫ ކައިރީގައި އޮތް ކަޑެވާރެހާގައި ޓޫރިޒަމްގެ މަޝްރޫއުތައް ހިންގޭނެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި ރަށަށް މުއިއްޒު ވަޑައިގަތުމުން ކުޑަކުދިންތަކެއް ވަނީ ބޭނުންވާ ކަންކަން ހިމެނޭ ލިޔުންތަކެއް އޭނާއާ ހަވާލުކޮށްފަ އެވެ. އެއް ލިޔުމުގައި އޮތީ ހޯނޑެއްދޫގެ އިހްތިސާސްގެ ތެރޭ އޮތް ކަޑެވާރެހާ އަށް ޓޫރިޒަމް ގެނައުމެވެ.
ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެކަމުގައި ގާނޫނީ ގޮތުން ހުރި ކަންކަން ބެެއްލެވުމަށް ފަހު، ކަޑެވާރެހާ އަށް ޓޫރިޒަމް ގެނެސް، ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގު އޭނާގެ ވެރިކަމެއްގައި ފަހިކޮށްދެއްވާނެ ކަމަށެވެ.
ރަށުގެ ބޮޑު މަގުތަކުގައި ތާރު އެޅުމާއި ރިވެޕްމެންޓް ޖަހައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި ކުޅިވަރު ވަސީލަތްތައް ގާއިމް ކުރުމާއި ސިއްހީ މަރުކަޒު ތަރައްގީކޮށް، ލެބޯޓަރީއެއް ހެދުމާއި މިސްކިތެއް ހެދުމާއި ކްލާސްރޫމްތައް އެޅުމާއި ގެދޮރުވެރިކަމުގެ މަޝްރޫއުއެއް މުއިއްޒު އިއުލާން ކުރެއްވި އެވެ.
ހޯނޑެއްދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
މުއިއްޒު ވިދާޅުވީ އޭނާ އަށް ވެރިކަން ދީފި ނަމަ ނަތީޖާ ނެރެދެއްވާނެ ކަމަށް ޔަގީންކަން ދެއްވާ ކަމަށެވެ. ރަށްރަށުން ފެނިވަޑައިގަތީ މިހާރުގެ ވެރިކަން ބަދަލުކުރުމުގެ ރޫހު ކަމަށާއި އެ ރޫހުގައި އިންތިހާބުގައި ނުކުމެ އޭނާ އަށް ވޯޓު ދިނުމަށް އެދިވަޑައިގެންނެވި އެވެ.
ރައްޔިތުންގެ މާލިއްޔާ އިން ބޮޑު ހަރަދެއް ކޮށްގެން ދެވަނަ ބުރަކަށް ދިޔުމުގެ ބޭނުމެއް ނެތް ކަމަށާއި އެއްބުރުން މިކަން ނިންމަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. ވިދާޅުވީ މި ސަރުކާރުން ވަނީ ރަށްރަށަށް ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށާއި ހާއްސަކޮށް ސިއްހީ އަދި ތައުލީމީ ދާއިރާ އިން އެކަން ފެންނަ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އަންނަ މަހު މި އޮތީ ގޮތް ނިންމުން ރައްޔިތުންނަށް. ނިންމަންވީ ނަތީޖާ ނެރެދެވޭނެ ބަޔަކު ހޮވާނީތޯ ނޫނީ ކުރަން އުޅެ ނުވި ބަޔަކު ހޮވަންތޯ. އަޅުގަނޑުމެންނަށް ފުރުސަތު ދެއްވާ. މިއީ ކުރެވޭނެ ކަންކަން، ނަތީޖާ ދައްކާނަން،" މުއިއްޒު ވިދާޅުވި އެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"
އަނިޔާވެރިކަން ތާ އަބަދަށް ނިންމާނަން: މުއިއްޒު
މުދާ ބެހީ ދޮންމަންމާފުޅު އެދުނު ގޮތަށް: ސާޖިދާ
ހދ. އަތޮޅު ކައުންސިލްގެ ރައީސް ޕީޕީއެމަށް
އެކުލަވާލާނީ ދިވެހިން ފަހުރުވެރިވާ ކެބިނެޓެއް: މުއިއްޒު
"އަނިޔާގެއިލްޒާމު މުއިއްޒުގެ އިސްތަށިފުޅުގައި ނޭޅުވޭނެ"