24 އޯގަސްޓް 2023
ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ސްޕޭސް އެކްސް އިން ހިންގާ "ސްޓާލިންކް" އަށް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިއަދު ލައިސަންސް ދޫކޮށްފި އެވެ.
ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ސްޕޭސް އެކްސް އިން ހިންގާ "ސްޓާލިންކް" އަށް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިއަދު ލައިސަންސް ދޫކޮށްފި އެވެ.
މި ނިންމުމާ އެކު، ރާއްޖެ މިހާރު ވެފައި ވަނީ ސްޓާލިންކަށް ލައިސަންސް ދޫކުރި ދެކުނު އޭޝިއާގެ ފުރަތަމަ ގައުމަށެވެ.
އެ ކުންފުންޏަށް ލައިސަންސް ދޫކުރުމަށް ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ހެޑް އޮފީހުގައި މިއަދު ހަވީރު ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި ޓެކްނޮލޮޖީއާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ ސްޕޭސް އެކްސްގެ ސީނިއާ ޑިރެކްޓަރު ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން، ރަޔަން ގުޑްނައިޓްއާ ލައިސަންސް ހަވާލުކޮށްދެއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުންނާއި ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދޭ ދިރާގާއި އުރީދޫ އަދި ރާއްޖެ އޮންލައިންގެ އިސްވެރިންނާއި ރާއްޖޭގެ ޓެކް ކޮމިއުނިޓީގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެެ.
މި ލައިސަންސް ދޫކުރީ ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އެކި ގައުމުތަކުގައި ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް ދޭ އެމެރިކާގެ ސްޕޭސް އެކްސް ކުންފުނި، ސްޓާލިންކްގެ ހިދުމަތް ރާއްޖެއަށް ދިނުމަށް އުފައްދާފައިވާ ސްޓާލިންކް ސާވިސް މޯލްޑިވްސް އަށެވެެ.
ސްޓާލިންކުގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމުގެ ލައިސަންސް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ އަދި އެ ކުންފުނީގެ އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ޓެކްނޮލޮޖީ މިނިސްޓްރީ
ސްޓާލިންކަށް މިއަދު ލައިސަންސް ދޫކުރި ނަމަވެސް، އެ ހިދުމަތް ފަށާނެ ދުވަހެއް އަދި އިއުލާނެއްނުކުރެ އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސްޓާލިންކްގެ ހިދުމަތް ލިބޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ސަރުކާރުން އަބަދުވެސް މަސައްކަތްކުރީ ފެންވަރު ރަނގަޅު އަދި އަތްފޯރާ އަގެއްގައި އިންޓަނެޓްގެ ހިދުމަތް އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު އެ ފުރުސަތު އިތުރަށް ފަހިވެގެން އަންނަ ތަން މި ފެންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓެކްނޮލޮޖީއާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި، ސްޓާލިންކަށް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް ދިނުމާ އެކު، ރާއްޖޭގައި ހަތަރު ފަރާތަކުން އިންޓަނެޓްގެ ހިދުމަތް ދޭނެ އެވެ. އެއީ ސްޓާލިންކްގެ އިތުރުން ދިރާގާއި އުރީދު އަދި ރާއްޖެ އޮންލައިން އެވެ.
މިނިސްޓްރީން ބުނީ ސްޓާލިންކް އިންޓަނެޓް ހިދުމަތާ އެކު، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށާއި ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް ވެސް ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. ޒަމާނީ ޓެކްނޮލޮޖީ ތައާރަފުކޮށް، ވާދަވެރި މާހައުލެއްގެ ތެރެއިން ހެޔޮ އަގުގައި ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް އާންމުންނަށް ދެވޭނެ މާހައުލެއް ގާއިމުކުރުމަކީ ކޭމްގެ އަމާޒު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސްޓާލިންކް އިންޓަނެޓް ދިނުމަށް އަދިވެސް މަޝްވަރާގައި
ސްޓާލިންކް އިންޓަނެޓް ރާއްޖެއަށް ދިނުމަށް މަޝްވަރާކޮށްފި
ލޯކުރިމަތިން އެތައް ހަނދާނެއް އަނދައި އަޅިޔަށް
އީޕީއޭގެ ހިދުމަތްތައް ވެސް މެދުކަނޑާލަން ޖެހިއްޖެ
މަނަދޫގައި ވައިން ހަކަތަ އުފައްދާ ނިޒާމުގެ ޕްރޮޖެކްޓެއް
ދޫނި ހިމާޔަތްކުރަން ދިރާސާކުރުމުގެ އެއްބަސްވުމެއް
"ސައުތު އަރި މެރިން ޕާކު" ބަލަހައްޓާނެ ކޮމިޓީއެއް
ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ހާއްސަ ފަންޑެއް
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
ފުރާޅުގައި ސޯލާޕެނަލް ހަރުކުރުމުގެ ފުރުސަތު ހުޅުވާލައިފި