07 މާޗް 2022
ހައި ސްޕީޑް އިންޓަނެޓް ދިނުމަށް ސްޕޭސް އެކްސް އިން ހިންގާ ސްޓާލިންކް މަޝްރޫއުގެ ދަށުން ރާއްޖެއަށް އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަދިވެސް އޮތީ މަޝްވަރާ ކުރުމުގެ މަރުހަލާއެއްގައި ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ހައި ސްޕީޑް އިންޓަނެޓް ދިނުމަށް ސްޕޭސް އެކްސް އިން ހިންގާ ސްޓާލިންކް މަޝްރޫއުގެ ދަށުން ރާއްޖެއަށް އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަދިވެސް އޮތީ މަޝްވަރާ ކުރުމުގެ މަރުހަލާއެއްގައި ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
މުޅި ދުނިޔެއަށް ހެޔޮ އަގުގައި ފެންްވަރު ރަނގަޅު އިންޓަނެޓް ދޭން، މަހުޖަނު އީލޮން މަސްކް ފަށާފައިވާ ސްޓާލިންކްގެ ހިދުމަތް ރާއްޖެއަށް ވެސް ލިބޭނެ ކަމަށް މިދިޔަ އަހަރު ފެބްރުއަރީ މަހު ވަނީ ބުނެފަ އެވެ. އަދި އެ ހިދުމަތް ހޯދުމަށް ބޭނުންވާ ހާޑްވެއާ ގަތުމުގެ ފުރުސަތު ވެސް އެ ކުންފުނިން ހުޅުވާލި އެވެ.
އެ ހިދުމަތް ފޯރުކޮށް ދިނުމަށް މިނިސްޓަރު ޝައުނާ އާއި ސްޓާލިންކްގެ މާކެޓް އެކްސެސް ޑައިރެކްޓަރު ރަޔާން ގުޑްނައިޓް ވަނީ މަޝްވަރާކޮށްފަ އެވެ.
އެ މަސައްކަތް ކުރިޔަށްދާ ގޮތާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ޝައުނާ ވިދާޅުވީ ސްޓާލިންކް އިންޓަނެޓް ހިދުމަތް ބްލޮކް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްވަރާތައް އަދިވެސް ކުރިޔަށްދާ ކަމަށެވެ.
"މަޝްވަރާތައް ކުރިޔަށް އެބަދޭ.އެ މަޝްވަރާތައް ނުނިމެނީސް އެ މައުލޫމާތު ހާމަ ނުކުރެވުމަށް ސްޕޭސްއެކްސް އިން އެދިލައްވާފައި ވަނީ،" ޝައުނާ ވިދާޅުވި އެވެ.
ސްޕޭސްއެކްސްގެ ވެރިޔާ އީލަން މަސްކް ކުރިން ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ބޮޑު ސަރަހައްދަކަށް ސްޓާލިންކް ހިދުމަތް ދިނަސް، އެއްވެސް ސަރުކާރަކުން ހިދުމަތް މަނާކުރާ ނަމަ އެ ގައުމަކަށް ހިދުމަތް ބްލޮކް ކުރާނެ އެވެ.
ސްޓާލިންކުން ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ވަނީ ހަދާފަ އެވެ.
ސްޓާލިންކް އިންޓަނެޓް ރާއްޖެއަށް ދިނުމަށް މަޝްވަރާކޮށްފި
ސްޓާލިންކަށް ރާއްޖެއިން ލައިސަންސް ދީފި
"އެފްކޮންސްގެ ޖޫރިމަނާ މާފު ކުރުމުގެ ވިސްނުމެއް ނެތް"
އީޕީއޭ އެކީ މިނިވަންކުރުން ރަނގަޅެއް ނުވާނެ: ޝައުނާ
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
އައްޑޫގެ ބިން ހިއްކުން ނުހުއްޓުވާނަން: ޝައުނާ
މަތިންދާބޯޓްތަކަށް ސްޓާލިންކް އިންޓަނެޓް ދޭން މަޝްވަރާ
ސްޓާލިންކަށް އިންޑިއާއިން އަދި ހުއްދައެއް ނުދޭ
އީޕީއޭ މިނިވަންކުރަން ނޫޅޭ ކަމަށް ބުނެ މައްސަލަ ބަލަނީ
ޝައުނާއަށް މަޖިލީހުން ރުހުން ދީިފި