Roadha Mihaaru
ކެމްޕޭނަށް އައިސް ނުފެންނަ ވެރިއަކަށް ނުވާނެ:މުއިއްޒު

ކެމްޕޭނަށް އައިސް ދެން ނުފެންނަ ވެރިއަކަށް ނުވާނަން: މުއިއްޒު

23 އޯގަސްޓް 2023

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކާމިޔާބުވެ، ވެރިކަމަށް ވަޑައިގަނެވިއްޖެ ނަމަ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކާމިޔާބުވެ، ވެރިކަމަށް ވަޑައިގަނެވިއްޖެ ނަމަ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު ފޯކައިދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ ކުރިއަށް ދާނީ ރައްޔިތުން ގާތަށް ގޮސް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައިގެން ކަމަށެވެ.

"އަޅުގަނޑަކީ ކެމްޕޭނަށް އައިސް ދެން ނުފެންނަ ބަޔަކަށް ނުވާނަން. އަޅުގަނޑު ހަމަ ހަގީގަތުގައި ވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން. މިހާރު މާލެ ސިޓީ ކައުންސިލުން ވެސް ފެންނަމުން ދާނީ އެ މަންޒަރު. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ވެސް ފެންނާނީ އެ މަންޒަރު. ރައްޔިތުން ގާތަށް ގޮސް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައިގެން އަޅުގަނޑުމެން ކުރިއަށް ދާނީ،" މުއިއްޒު ވިދާޅުވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ފޯކައިދޫއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން މަރުހަބާ ކިޔަން ނިކުމެ.-- ފޮޓޯ: ޕީޕީއެމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ފޯކައިދޫއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން މަރުހަބާ ކިޔަން ނިކުމެ.-- ފޮޓޯ: ޕީޕީއެމް

އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެމްސީގެ ވެރިކަމެއްގައި ފެންނާނީ އިހުލާސްތެރި ވެރިކަމެއް ކުރާތަން ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަމަށް ސަމާލުކަން ދީގެން އެ ރަށެއްގެ ތަރައްގީއަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ގެދޮރުވެރިކަމަށްޓަކައި ކުރަން ޖެހޭ ކަންކަމާއި، ޒުވާނުންގެ ކުރިމަގަށްޓަކައި ބިނާކުރަން ޖެހޭ ވަސީލަތްތައް ބިނާ ކުރުމާއި އެ ހުރިހާ ކަމެއްގައި ހުރިހާ ރަށެއް ޝާމިލްވާ ގޮތަށް ކަންކަން ކުރާނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ ޕާޓީގެ ސިޔާސަތުގައި ވަނީ މުޅި ރާއްޖެއަށް ވެސް ފައިދާކުރާނެ ކަންކަން ކަމަށާއި އެގޮތުން ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ހަމަހަމަކަމާ އެކު ފުރުސަތުތައް ލިބޭނެ ކަމަށެވެ.