21 އޯގަސްޓް 2023
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން ލަސްކުރާ ކަމަށް ބުނެ އެމްޑީޕީ މެމްބަރުން އިހުތިޖާޖުކޮށް ޖަލްސާ ކުރިއަށް ގެންދަން ހުރަސްއެޅުމުން، މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން ލަސްކުރާ ކަމަށް ބުނެ އެމްޑީޕީ މެމްބަރުން އިހުތިޖާޖުކޮށް ޖަލްސާ ކުރިއަށް ގެންދަން ހުރަސްއެޅުމުން، މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފެއްޓެވީ އިތުބާރު ނެތް ކަމަށް ގިނަ މެންބަރުންތަކެއް ސޮއި ކުރައްވައި މަޖިލީހަށް ހުށަހެޅުއްވި ނަޝީދު ރިޔާސަތުގައި އިންނަވައިގެންނެވެ.
ޖަލްސާ ފައްޓަވައި، ނަޝީދު ވިދާޅުވީ އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީ މަޖިލީހުގެ ދަފްތަރުގައި ހިމަނަން ތިން މެމްބަރަކު ސޮއި ކުރައްވައި ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަޝީދު ހިމެނިވަޑައިގަންނަވާހެން، 14 މެންބަރަކު ވަނީ އަލަށް އުފެއްދި ޑިމޮކްރެޓްސް އަށް ސޮއިކުރައްވާފައިވާއިރު، އެ މެމްބަރުން ވެސް ލަސްނުކޮށް މަޖިލީހުގެ އިދާރާއަށް ސިޓީ ފޮނުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
އަދި މި ބަދަލުތަކުގެ ސަބަބުން މަޖިލިސް ޗުއްޓީގައި އޮއްވައި، އެމްޑީޕީން އެދިގެން ދައުރުން ބޭރުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ދާއިމީ ކޮމިޓީތަކަށް ގެނައި ބަދަލު ފާސްކޮށްފައިވީ ނަމަވެސް، ޑިމޮކްރެޓްސް އުފެދުމާ އެކު އެ މަސައްކަތް އަލުން ކުރަންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަނި ކޮށް އަޑުގަދަ ކުރަން ފެށި އެވެ. އަދި "ރިޔާސަތުގައި ނީނދެވޭނެ" ކަމާއި "ގަވައިދާ ހިލާފަށް ހިންގާ" ކަމަށް ވިދާޅުވެ އެ މެންބަރުން ގެންދެވީ ނަޝީދަށް ފާޑު ވިދާޅުވަމުންނެވެ.
މެންބަރުން ކޮންޓްރޯލް ނުވުމުން ނަޝީދު ވަނީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީގެ ނަން އިއްވައިފަ އެވެ.
ނަޝީދު ތަކުރާރުކޮށް އެދިވަޑައިގެންނެވުމުން ވެސް އެ މެމްބަރުން ތަޅުން ދޫކޮށް ވަޑައިނުގެންނެވުމުން، އެމަނިކުފާނު ވަނީ ކުޑަވަގުތުކޮޅަކަށް ޖަލްސާ މެދުކަނޑާލައްވައިފަ އެވެ.
ޖަލްސާ އަލުން ފެށިއިރު ވެސް، އެ މެމްބަރުން ތަޅުމުގައި ތިއްބެވުމުން، ނަޝީދު ވަނީ މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށާއި ރައްޔިތުންގެ ހައްގުތަކަށް ހުރަސްނޭޅުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.
އޭގެފަހުން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވެސް އަޑުގަދަކުރައްވައި، އިބްރާހިމް ޝަރީފާ އެކު ޖަލްސާ ކުރާ މާލަމުގައި ވަޒީރުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގައި އިށީނދެވަޑައިގެންނެވުމުން، ގަޕޯގެ ނަން ވެސް ނަޝީދު ވަނީ އިއްވަވައިފަ އެވެ.
"މި މަޖިލީހުގައި ފުލުހުންގެ ޓޭޕެއް އަޅުގަނޑެއް ނުދަމާނެ. އަދި މި މަޖިލީހަކަށް ސިފައިންނެއް ނުގެންނާނާން. ބާރުގެ ބޭނުމެއް ނުކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް، ނަން އިއްވި އެއްވެސް މެމްބަރަކު ތަޅުމުން ބޭރަށް ނުކުމެވަޑައިނުގެންނެވުމުން، މަޖިލިސް ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ ނަޝީދު ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފަ އެވެ.
ނަޝީދު ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުން ލަސްކުރަނީ އެމަނިކުފާނުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލައަށް ހުރަސްއަޅަން ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ.
އިތުބާރުނެތް ކަމުގެ އެ މައްސަލަތައް ކުރިއަށް ނުގެންދެވެނީ، ބަހުސްގެ ވަގުތު މަޖިލީހުގެ އާންމު ކޮމިޓީން ކަނޑަނޭޅި އޮތުމުންނެވެ.
މަޖިލީހުގެ އާ މައިނޯރިޓީ ޕާޓީއަކީ މިހާރު ޑިމޮކްރެޓްސް އެވެ. އެކަމަކު އެކަން މަޖިލީހުން ރަސްމީކޮށް ބަލައިގަންނާނީ، އެ ބަދަލު މަޖިލީހުގެ ރިޔާސަތުން އިއުލާނު ކުރައްވައި، މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުނުމުންނެވެ.
މަޖިލީހުގައި މިހާރު ހިމެނެނީ އެމްޑީޕީގެ 56، ޑިމޮކްރެޓްސްގެ 3، ޕީޕީއެމްގެ 5، ޕީއެންސީގެ 3، އެމްއެންޕީގެ 3، ޖުމްހޫރީ ޕާޓީގެ 2، އެމްޑީއޭގެ 2 އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 11 މެންބަރުންނެވެ.
ރަަށްރަށް އަޅައިކިޔުމުގެ ބަހުސުން ވާނީ ގެއްލުން: ނަޝީދު
ޖެނުއަރީން ފެށިގެން މުސާރައެއް ނުނަގަން: ނަޝީދު
"ނަޝީދުގެ ހަމަލާއާ ގުޅޭ ރިޕޯޓަށް އަމަލުކުރަން ޖެހޭ"
މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި
ޑްރޯން ދޭން އެއްވެސް ގައުމަކުން ހުށައެއް ނާޅާ!
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
ނަޝީދު ދިރިއުޅުން ބަދަލުކުރެއްވީ މަޖިލީހަށް ނާންގަވާ!
ނަޝީދު ގާނާ އަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފި
"ރުހުން ނުދިނުމާ ގުޅެނީ ނަޝީދަށް މަގާމު ގެއްލުން"
ސާޖިދާގެ ކޮންޓްރެކްޓް ބާތިލުކުރަން ކުއްލި މައްސަލައެއް