ޅެންވެރިންގެ ދުވަހާ ގުޅުވައިގެން ބޭއްވި ޅެން ހެދުމުގެ މުބާރާތުން އެއް ވަނަ ފަތުހުﷲ ސޯލިހު ރޭ ހޯދައިފި އެވެ.
02 ފެބުރުއަރީ 2017
ޅެންވެރިންގެ ދުވަހާ ގުޅުވައިގެން ބޭއްވި ޅެން ހެދުމުގެ މުބާރާތުން އެއް ވަނަ ފަތުހުﷲ ސޯލިހު ރޭ ހޯދައިފި އެވެ.
ޅެންވެރިންގެ ގުޅުމުން މިިދިޔަ އަހަރު ބޭއްވި މި މުބާރާތުން ދެ ވަނަ ލިބުނީ އާދަމް އިބްރާހިމަށެވެ. އަދި ތިން ވަނަ ހޯދީ އަބޫބަކުރު އާދަމެވެ.
މި ވަނަތަކަށް އައި މީހުންނަށް އިނާމު ދިނީ، މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް އިސްކަންދަރު ސްކޫލާ ގުޅިގެން ރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގަ އެވެ.
ވަނަތަކަށް ހޮވުނު މީހުންނަށް ޅެންވެރިންގެ ގުޅުމުން ވަނީ ހާއްސަ އިނާމެއް ދީފަ އެވެ.
ރޭގެ ޖަލްސާގައި އިސްކަންދަރު ސްކޫލުގެ ދަރިވަރުން ވަނީ ދިވެހި ބަހާއި ތާރީހާ ގުޅޭ އެކި ހަރަކާތްތައް ދައްކާލައިފަ އެވެ. އެގޮތުން ޅެން ކިޔުމާއި އިހުގައި ދިވެހިން އުޅުނު ގޮތް ދައްކުވައިދޭ ޑްރާމާއެއް ހުށަހަޅާފައި ވެ އެވެ.
ދިވެހި ބަސް ކުރިއަރުވަން މަސައްކަތް ކުރާ ގިނަ ބަޔަކު ބައިވެރިވި މި ހަފުލާގައި ޅެންވެރިންގެ ގުޅުމުގެ ފަރާތުން ވަނީ އެކި ލައިބްރަރީތަކަށް ފޮތް ވެސް ހަދިޔާކޮށްފަ އެވެ.
އަފީފުގެ ލޮލުން ކަރުނަ: މިއީ ދަރިންގެ ސަޕްރައިޒެއް!
ދުވަހުގެ "ބާއްޖަވެރި ޅެންބައިތު": ޝާކިރުގެ އުފަލެއް
އިސްކަންދަރު ސްކޫލްގެ ބާ އިމާރާތް ތަޅާލަން ފަށައިފި
ދިވެހި ކިޔަވާ ޗައިނާގެ ޒުވާނުން ދިވެހި ހެދުމުގައި
ޑީ ފާހުން 30،000ރ. ގެ މުސާރަލިބޭ ވަޒީފާ ބާތިލް
ދިވެހި ޖީޕީޓީ އެއް މިލިއަން ސުވާލުގެ ޖަވާބު ދީފި
އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް: ރައީސް
މަޑުލު ވަހީދު އަވަހާރަވެއްޖެ
ފޮޓޯ އާއި ޕީޑީއެފް ވެސް ފަސޭހަކޮށް ދިވެހި ލިޔުމަށް
މައުމޫން: ތާރީހުގައި އާ ސަފުހާތަކެއް ފަށާނެ ފޮންޓެއް