20 އޯގަސްޓް 2023
އޯކްލެންޑް (އޯގަސްޓް 20) - ނިއު ޒީލެންޑްގައި ކުރިއަށް ދިޔަ އަންހެނުންގެ ވޯލްޑް ކަޕް މެޗުތައް ބަލަށް ވަޑައިގެންނެވި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް މޮޓޯ ކޭޑްގެ ސެކިއުރިޓީ ދޭން އެ ގައުމުގެ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
އޯކްލެންޑް (އޯގަސްޓް 20) - ނިއު ޒީލެންޑްގައި ކުރިއަށް ދިޔަ އަންހެނުންގެ ވޯލްޑް ކަޕް މެޗުތައް ބަލަށް ވަޑައިގެންނެވި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް މޮޓޯ ކޭޑްގެ ސެކިއުރިޓީ ދޭން އެ ގައުމުގެ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
ނިއު ޒީލެންޑްގެ ފުލުހުން ބުނީ، މޮޓޯކޭޑްގައި އިންފަންޓީނޯ އަށް ސެކިއުރިޓީ ފޯރުކޮށް ދޭން ފީފާއިން އެދިފައިވާ ކަމަށެވެ.
"ފީފާގެ ހުށަހެޅުން އަހަރެމެން ބެލިއިރު އެއީ އުސޫލުތަކާ ހިލާފު ކަމަކަށް ވާތީ އެކަން ނުކުރަން ވަނީ ނިންމާފަ،" ނިއު ޒީލެންޑްގެ ފުލުހުންގެ ތަރުޖަމާނުގެ ފަރާތުން ނެރުނު ބަޔާނުގައި ބުންޏެވެ.
އާންމުގޮތެއްގައި ނިއު ޒީލެންޑުން މޮޓޯކޭޑް ފޯރުކޮށް ދެނީ ގައުމުތަކުގެ ވެރިންނަށާއި އެ ގައުމަށް ވަޑައިގަންނަވާ އެހެން ގައުމުތަކުގެ ސަރުކާރުގެ އިއްޒަތްތެރިންނަށެވެ.
ނިއު ޒީލެންޑްގައި މުބާރާތް ކުރިއަށްދާ ސިޓީތަކަށް އިންފަންޓީނޯ ދަތުރު ކުރީ ޕްރައިވެޓް ޖެޓެއްގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ނިއު ކެލެޑޯނިއާ، ޓެހިޓީ، ޕަޕުއާ ނިއުގިނީ، ވާނުއާޓޫ، ސޮލޮމަން އައިލެންޑްސް، ފިޖީ، ޓޮންގާ، ކުކް އައިލެންޑްސް، ސަމޯއާ އަދި އެމެރިކަން ސަމޯއާ އަށް ޒިޔާރަތް ކޮށްފަ އެވެ.
އެންމެ ފަހުގެ ފިރިހެން ވޯލްޑް ކަޕްގައި އިންފަންޓީނޯ އުޅުއްވި ވަރަށް އަންހެން ވޯލްޑް ކަޕްގައި އޭނާ ނޫޅުއްވާތީ ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.
ނިއު ޒީލެންޑާއި އޮސްޓްރޭލިއާ ގުޅިގެން ބާއްވާ މިފަހަރުގެ އަންހެން ވޯލްޑް ކަޕްގެ ފައިނަލު މެޗު މިއަދު އޮންނާނެ އެވެ. އޮސްޓްރޭލިއާގެ ސިޑްނީގައި ކުޅޭ ފައިނަލު މެޗުގައި ވާދަ ކުރާނީ ސްޕޭނާއި އިންގްލެންޑެވެ.
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
ފީފާގެ ރާގު ބަދަލުވެއްޖެ، މިހާރު ދެނީ އިންޒާރު!
އެފްއޭއެމްގެ މުސާރަ ދޭން ފީފާއިން ތިން ލައްކަ ޑޮލަރު
ޕްރެޝަރު ދަނޑިވަޅުގައި ބައްސާމް ފީފާގެ ރައީސްގެ ގާތަށް
މަހިބަދޫގައި ޕެލޭ ސްޓޭޑިއަމް ހުޅުވައިފި
ކޭޕް ވާޑޭގެ ސްޓޭޑިއަމަކަށް ޕެލޭގެ ނަން ދީފި
ޕެލޭގެ ނަން ސްޓޭޑިއަމްތަކަށް ދޭން އެދެނީ
ޗުއްޓީ ހޭދަކުރެއްވުމަށްފަހު އިންފަންޓީނޯ ފުރާވަޑައިގެންފި
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި
މިއީ އެންމެ ފުރިހަމަ ވޯލްޑް ކަޕް: ފީފާގެ ރައީސް