އަދިތިޔަ ރޯއީ ކަޕޫރާ އެކު، މަސައްކަތްކުރަން ފުރުސަތެއް ލިބިއްޖެ ނަމަ ވަރަށް މަޖާވާނެ ކަމަށް، އޭނާގެ ލޯބިވެރިޔާ އަނަންޔާ ޕާންޑޭ ބުނެފި އެވެ.
އަދިތިޔަ ރޯއީ ކަޕޫރާ އެކު، މަސައްކަތްކުރަން ފުރުސަތެއް ލިބިއްޖެ ނަމަ ވަރަށް މަޖާވާނެ ކަމަށް، އޭނާގެ ލޯބިވެރިޔާ އަނަންޔާ ޕާންޑޭ ބުނެފި އެވެ.
އަނަންޔާ އެހެން ބުނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޑްރީމް ގާލް 2" ޕްރޮމޯޓްކުރުމަށް ބޭއްވި އިވެންޓެއްގަ އެވެ. އެ އިވެންޓުގައި އަނަންޔާގެ ފޭނަކު ސުވާލުކުރީ އަދިތިޔަ އާއި ކާތިކް އަރްޔަންއާ އެކު މަސައްކަތް ކުރުމުގެ އެއްވެސް ޕްލޭނެއް ކުރިއަށް އެބައޮތް ހެއްޔެވެ.
އޭގެ ޖަވާބުގައި އަނަންޔާ ބުނީ އެ ދެތަރިންނާ އެކު މަސައްކަތްކުރާ ވަރުގެ ރަނގަޅު ސްކްރިޕްޓެއް އަދި ނުލިބޭ ކަމަށެވެ. ކާތިކްއާ އެކު ކުރިން ވެސް މަސައްކަތްކޮށް ރަނގަޅު ތަޖުރިބާއެއް ކުރެވިފައި ވާތީ، އޭނާއާ އެކު ދެން ވެސް މަސައްކަތްކުރަން ބޭނުންވާ ކަމަށް އަނަންޔާ ބުންޏެވެ.
ކާތިކް އާއި އަނަންޔާ އެކުގައި ފެނުނީ 2019 ގައި ނުކުތް ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ" އިންނެވެ.
"އާދީއާ އެކު އަދި ދުވަހަކު ވެސް މަސައްކަތެއް ނުކުރަން. އެކަމަކު ހީވަނީ އޭނާއާ އެކު މަސައްކަތްކުރަން ވަރަށް މަޖާވާނެހެން."
އަނަންޔާ އާއި އަދިތިޔަ، ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ އަޑުތައް ފެތުރިފައިވާތާ މިހާރު ކިތައްމެ ދުވަހެއް ވެއްޖެ އެވެ. މިހާތަނަށް ވެސް އެ ގުޅުމާ ބެހޭ ގޮތުން ދެތަރިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު، ދެތަރިން އެކުގައި ޗުއްޓީތަކަށާއި އެހެން ތަންތަނަށް ގޮސް އުޅޭ މަންޒަރު ދޭތެރެއަކުން ސޯޝަލް މީޑިއާގައި އާންމުވެ އެވެ.
އަނަންޔާގެ އާ ލޯބިވެރިޔަކީ އެމެރިކާ މީހެއް
އަލަންނާ އާއިލާއާ އެކު ރަންގަލި ރިސޯޓުގައި
އަދިތުޔަ އާއި އަނަންޔާ ވަކިވެއްޖެ
އަނަންޔާ އާއި އަދިތުޔަ އެކުގައި އިޝްތިހާރެއް ކުޅެފި
އާމިރް އޭނާގެ އާ ލޯބިވެރިޔާ ގޮވައިގެން އިވެންޓަކަށް
އާމިރް އާ ލޯބިވެރިޔަކު ހޯދައި އެދުނީ އޯގާތެރިވާން
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ވިކީ އާއި އަނަންޔާއާ އެކު "ގަލީ ބޯއީ"ގެ ސީކުއެލްއެއް
އަނަންޔާ ކައިވެނިކުރަން ފަސް އަހަރުގެ ޕްލޭނެއް ހަދައިފި