16 އޯގަސްޓް 2023
އައްޑޫގެ އެކި އަވަށްތަކުން ދޫކުރާ 1،000 ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމައި، ވަގުތީ ލިސްޓު މާދަމާ އާންމުކުރަން އައްޑޫ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
އައްޑޫގެ އެކި އަވަށްތަކުން ދޫކުރާ 1،000 ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމައި، ވަގުތީ ލިސްޓު މާދަމާ އާންމުކުރަން އައްޑޫ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައި ވާއިރު، އޭގެ ތެރެއިން 3،972 މީހެއްގެ ޝަރުތު ހަމަވާ ކަމަށެވެ. އަދި ޝަރުތު ހަމަނުވާ 188 ފޯމަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަކުވާތައްް ބެލުމަށް ފަހު، 4،000 ގޯތި ދޫކުރެވޭނެ ކަމަށް ބެލެވެ އެވެ.
އައްޑޫން ގޯތި ދޫކުރަން ނިންމައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެންމެ ފުރަތަމަ އިއުލާނުކުރީ 1،000 ގޯތި ދޫކުރާށެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯއްޗެވެ.
އިތުރަށް ދޭން ނިންމާފައިވާ ގޯތިތަކުގެ ތެރޭގައި ކައިވެނިނުކޮށް ތިބި ޒުވާނުންނަށް ދޭ ގޯތި ހިމެނެ އެވެ.
ނިޒާރު ވިދާޅުވީ ގޯތި ދޫކުރަން ނިންމި އަދަދު އިތުރުކުރުމުން، ބާކީ ހުރި ބިންތަކުން ގޯތި ދޫކުރާނެ ގޮތުގެ ލޭންޑްޔޫސް ޕްލޭން ނިންމަން ވަރަށް އަވަހަށް އިއުލާނުކޮށް އެ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށެވެ.
"އައްޑޫ ސިޓީން ބިން ހުރެގެން ބިން ދޭން މިއުޅެނީ، ބިން ނެތީކީ ނޫން، 4،000 ގޯތި ދިނުމުގައި އެއްވެސް މައްސަލައެއް ނެތް،" ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ދައުރު ނިމުމުގެ ކުރިން ގޯތި ދޫކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ގޯތި ދޫކުރުމަށް އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އައްޑޫން ދޫކުރި ގޯތިތައް ފަޅަށް އޮތުމުން ފިޔަވަޅުއަޅަނީ
އައްޑޫން ދޫކުރާ ގޯތިތަކުގެ ގުރުލުން ފަށަނީ
އައްޑޫން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފި
އައްޑޫން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާއްމުކޮށްފި
އައްޑޫން ދޫކުރާ ގޯއްޗަށް 4،000 ފޯމު ހުށަހެޅި
އައްޑޫން ގޯއްޗަށް އެދޭ ފޯމަށް އިސްލާހުތަކެއް ގެންނަނީ
ހިތަދު އާއި ފޭދޫގެ ޗަސްބިންތައް ހިއްކަން ފަށައިފި
22 އަހަރުފަހުން ހިތަދޫން ގޯތި ދޫކުރަން އިއުލާނުކޮށްފި
އައްޑޫގެ 3ރަށަކުން 500 ގޯތި ދޫކުރަން އިއުލާންކޮށްފި
20 އަހަރަށް ފަހު ފޭދޫން 300 ގޯތި ދޫކުރަނީ