01 ފެބުރުއަރީ 2023
އައްޑޫގެ އެކި ރަށްތަކުން ދޫކުރަން އިއުލާންކުރި ގޯއްޗަށް އެދޭ ފޯމުގައި ހުރި ބައެއް ކުދިކުދި މައްސަލަތައް އިސްހާލުކުރުމަށް ފަހު، މިއަދު އަލުން ފޯމު ދޫކުރަން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫގެ އެކި ރަށްތަކުން ދޫކުރަން އިއުލާންކުރި ގޯއްޗަށް އެދޭ ފޯމުގައި ހުރި ބައެއް ކުދިކުދި މައްސަލަތައް އިސްހާލުކުރުމަށް ފަހު، މިއަދު އަލުން ފޯމު ދޫކުރަން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު "މިހާރު" އަށް ވިދާޅުވީ ގޯއްޗަށް އެދޭ ފޯމުގައި ބައެއް މައްސަލަތައް ހުރުމުގެ ސަބަބުން އާންމުންގެ ޝަކުވާ ލިބޭތީ ފޯމަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އިސްލާހުކުރާ ފޯމު މިއަދު އޮންލައިންކޮށް ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ބޮޑު ބަދަލެއް ފޯމަށް ނާންނާނެ. ވަރަށް ކުދިކުދި މައްސަލަ ހުރީ. ޗެކް ލިސްޓުގެ ބައެއް ތަންތަނުގައި ފާހަގަ ޖެހޭނެ ގޮޅިތައް ނެތުމާއި އެ ކަހަލަ ކުދިކުދި ކަންކަން،" ޝުއާއު ވިދާޅުވި އެވެ.
"މި ފަހަރު ފޯމު ދޫކުރާނީ ވެސް ޕީޑީއެފްކޮށް، ފޯމު ފުރާލެވޭ ގޮތަށް."
ޝުއާއު ވިދާޅުވި ގޮތުގައި، އައްޑޫން ގޯތި ދޫކުރުން ކެންސަލް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެކެވެ. ގޯއްޗަށް އެދުމުގެ ފުރުސަތު ބަންދު ނުވާ ކަމަށާއި ކުރިން ކުރި އިއުލާނުގައި ވެސް އޮތް ގޮތަށް ގޯއްޗަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނީ މާދަމާ އިން ފެށިގެން ކަމަށް ވިދާޅުވި އެވެ.
ފޯމަށް އިސްލާހު ގެންނަންޖެހުމުން ގޯއްޗަށް އެދޭ ފޯމު ހުށަހަޅަން ދޭ މުއްދަތު ވެސް އިތުރުކޮށްދޭނެ ކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
އައްޑޫ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. ހިތަދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ގޯއްޗަށް އެދުމުގެ ފޯމު ހުށަހަޅަން ޖެހެނީ މާދަމާ އިން ފެށިގެންނެވެ. ހިތަދޫން ދޫކުރާ ގޯތިތަކަށް ފޯމު ހުށަހަޅަން ޖެހެނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
އައްޑޫން ދޫކުރި ގޯތިތައް ފަޅަށް އޮތުމުން ފިޔަވަޅުއަޅަނީ
އައްޑޫން ދޫކުރާ ގޯތިތަކުގެ ގުރުލުން ފަށަނީ
އައްޑޫން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފި
އައްޑޫން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާއްމުކޮށްފި
ޝަރުތު ހަމަވާ އެންމެންނަށް އައްޑޫން ގޯތި ދޫކުރަނީ
އައްޑޫން ދޫކުރާ ގޯއްޗަށް 4،000 ފޯމު ހުށަހެޅި
ހިތަދު އާއި ފޭދޫގެ ޗަސްބިންތައް ހިއްކަން ފަށައިފި
22 އަހަރުފަހުން ހިތަދޫން ގޯތި ދޫކުރަން އިއުލާނުކޮށްފި
އައްޑޫގެ 3ރަށަކުން 500 ގޯތި ދޫކުރަން އިއުލާންކޮށްފި
20 އަހަރަށް ފަހު ފޭދޫން 300 ގޯތި ދޫކުރަނީ