Roadha Mihaaru
އާބަން އައިލް: ސާވިސް އެޕާޓްމެންޓަށް 10 ބިން ދެނީ

ހުޅުމާލެ އާބަން އައިލް: ސާވިސް އެޕާޓްމެންޓަށް 10 ބިން ދޫކުރަނީ

16 އޯގަސްޓް 2023

ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީކުރާ "އާބަން އައިލް" އިން ސާވިސް އެޕާޓްމެންޓް އަޅަން 10 ބިމެއް ބިޑަށް ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީކުރާ "އާބަން އައިލް" އިން ސާވިސް އެޕާޓްމެންޓް އަޅަން 10 ބިމެއް ބިޑަށް ހުޅުވާލައިފި އެވެ.

އާބަންކޯއިން ކުރި އިއުލާނުގައި ވަނީ 10 ބިމުގެ ސައިޒަކީ 6،500-8،000 އަކަފޫޓާ ދެމެދުގެ ބިން ދޫކުރަން ވަނީ ހުޅުވާލައިފަ އެވެ.

އެންމެ ކުޑަ ބިމުގެ އިކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި ދެ ލައްކަ ޑޮލަރު (ތިން މިލިއަން ރުފިޔާ) އާއި 245،000 ޑޮލަރު (4 މިލިއަން ރުފިޔާ) އާ ދެމެދުގެ އަގެއް ވަނީ ކަނޑައަޅައިފަ އެވެ.

ބިން ތަކުގެ ތަފްސީލު

- އެސްއޭ4: 6,501 އަކަފޫޓު: 200،200 ޑޮލަރު (ތިން މިލިއަން ރުފިޔާ)

- އެސްއޭ5: 7،654 އަކަފޫޓު: 235،700 ޑޮލަރު (3.6 މިލިއަން ރުފިޔާ)

- އެސްއޭ6: 7،406 އަކަފޫޓު: 228،100 ޑޮލަރު (3.5 މިލިއަން ރުފިޔާ)

- އެސްއޭ7: 7،911 އަކަފޫޓު: 243،700 ޑޮލަރު (3.7 މިލިއަން ރުފިޔާ)

- އެސްއޭ8: 8،547 އަކަފޫޓު: 263،200 ޑޮލަރު (4 މިލިއަން ރުފިޔާ)

- އެސްއޭ9: 7،976 އަކަފޫޓު: 245،700 ޑޮލަރު (3.7 މިލިއަން ރުފިޔާ)

- އެސްއޭ10: 7104 އަކަފޫޓު: 218،800 ޑޮލަރު (3.3 މިލިއަން ރުފިޔާ)

- އެސްއޭ11: 7،298 އަކަފޫޓު: 224،800 ޑޮލަރު (3.4 މިލިއަން ރުފިޔާ)

- އެސްއޭ12: 7،578 އަކަފޫޓު: 233،400 ޑޮލަރު (3.5 މިލިއަން ރުފިޔާ)

- އެސްއޭ13: 7،190 އަކަފޫޓު: 221،500 ޑޮލަރު (3.4 މިލިއަން ރުފިޔާ)

އާބަންކޯ އިން ބުނި ގޮތުގައި އެ ސަރަހައްދުގައި 4.9 މިލިއަން ޑޮލަރު (76 މިލިއަން ރުފިޔާ) އިން 6.5 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) އާ ދެމެދުގެ ޕްރޮޖެކްޓްތައް ހިންގަން ވަނީ އަމާޒު ހިފައިފަ އެވެ.

ހުޅުމާލޭގައި ހަދާ އާބަން އައިލް. އެތަނުގައި މެދު ފަންތީގެ ވިލާތަކުން ފެށިގެން އެންމެ މަތީ ފަންތީގެ ވިލާތައް ވެސް އަޅާނެ-- ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި ހަދާ އާބަން އައިލް. އެތަނުގައި މެދު ފަންތީގެ ވިލާތަކުން ފެށިގެން އެންމެ މަތީ ފަންތީގެ ވިލާތައް ވެސް އަޅާނެ-- ފޮޓޯ: އާބަންކޯ

އާބަންކޯއިން ވަނީ ސާވިސް އެޕާޓްމެންޓް އެޅުމަށް ބޭރު އިންވެސްޓަރުންނަށް ވެސް ފުރުސަތު ހުޅުވާލައިފަ އެވެ.

އާބަން އަައިލްގެ ނަމުގައި ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ޓޫރިޒަމް ޒޯނަށް 100،000 އަކަމީޓަރުގެ ބިމުގެ ސަރަހައްދެއް ހާއްސަކޮށްފައިވެ އެވެ. އެ ސަރަހައްދުގައި މެދުފަންތީގެ ޓޫރިސްޓް ފެސިލިޓީތަކުން ފެށިގެން އެންމެ ލަގްޒަރީ ވިލާތައް ވެސް އެޅުމަށް ވަނީ ރާވައިފަ އެވެ. އަދި އެ ސަރަހައްދުގައި ސިނަމާ އާއި ޝޮޕިން މޯލް އާއި ކުޅިވަރާއި މުނިފޫހިފިލުވުމަށް ހާއްސަ ތަންތަން ތަރައްގީ ކުރާނެ އެވެ.

ސާވިސް އެޕާޓްމެންޓްތަކުގެ ގޮތުގައި އެއް ކޮޓަރީގެ އެޕާޓްމެންޓުން ފެށިގެން ހަތަރު ކޮޓަރީގެ އެޕާޓްމެންޓް އެޅޭނެ އެވެ. އަދި ވެހިކަލް ޕާކު ކުރުމަށް ހާއްސަ ޖާގަ ވެސް އެޕާޓްމެންޓުގައި ހުންނަން ޖެހޭނެ ކަމަށް އާބަންކޯއިން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ހުޅުމާލޭގައި ހަދާ އާބަން އައިލްގެ ތްރީޑީ މަންޒަރެއް. އެ ސަރަހައްދުގައި ލަގްޒަރީ ވިލާތަކާއި އެންޓަޓެއިންމަންޓް ހަރަކާތްތަކަށް ހާއްސަ ތަންތަން ހަދާނެ-- ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި ހަދާ އާބަން އައިލްގެ ތްރީޑީ މަންޒަރެއް. އެ ސަރަހައްދުގައި ލަގްޒަރީ ވިލާތަކާއި އެންޓަޓެއިންމަންޓް ހަރަކާތްތަކަށް ހާއްސަ ތަންތަން ހަދާނެ-- ފޮޓޯ: އާބަންކޯ

ބިޑް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕޮއިންޓް ދިނުމުގައި ބަލާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ. އިކުއިޒިޝަން ކޮސްޓަށް 75 ޕަސެންޓް ލިބޭއިރު ކުންފުނީގެ ތަޖުރިބާއަށް 25 ޕަސެންޓް ލިބޭނެ އެވެ.

އެ ޕްރޮޖެކްޓަށް އަންނަ މަހުގެ 11 ގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެ ކަމަށް އާބަންކޯގެ އިއުލާނުގައިވެ އެވެ.

ސާވިސް އެޕާޓްމެންޓް ހުޅުވާލަން ހުޅުވާލި އިރު އާބަން އައިލްގައި ގެސްޓްހައުސް އެޅުމަށް މިދިޔަ ޖެނުއަރީ މަހު ވެސް އާބަންކޯއިން ހުޅުވާލައިފައިވެ އެވެ.