Roadha Mihaaru
"ބާރަށުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ހުޅުވާލާނަން"

ބާރަށުގެ އިކޯ ޓޫރިޒަމް ތަރައްގީކުރަން އިންޓަނޭޝަނަލް ބިޑަށް ހުޅުވާލާނަން: މުއިއްޒު

15 އޯގަސްޓް 2023

ހއ. ބާރަށުގެ މާކޮޅު ސަރަހައްދުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން އިންޓަނޭޝަނަލް ބިޑަށް ހުޅުވާލާނެ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހއ. ބާރަށުގެ މާކޮޅު ސަރަހައްދުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން އިންޓަނޭޝަނަލް ބިޑަށް ހުޅުވާލާނެ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރާއްޖޭގެ އެންމެ އުތުރަށް ފެއްޓެވި ދަތުރުގެ އެންމެ ފަހު ރަށް ކަމަށްވާ ބާރަށަށް ވަޑައިގެން ޕީޕީއެމް ކެމްޕެއިން ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ކުންފުނިތަކުގެ ވަޒީފާގައި މިހާރު ތިބި މީހުންނަށް ވަޒީފާ ގެއްލުމުގެ ބިރެއް ނެތް ކަމަށެވެ.

އޭނާގެ ވެރިކަމުގައި އިތުރު ވަޒީފާތައް އުފައްދާނެ ކަމަށާއި އެކަން ފަހިވާނީ އިގުތިސޯދީ ގޮތުން ކަންތައްތަކެއް ކުރެވިގެން ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިގްތިސޯދީ ގޮތުން ކުރެވޭނެ އެންމެ ބޮޑު ކަމަކީ، ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް މާކޮޅު ސަރަހައްދުގައި އިކޯ ޓޫރިޒަމްގެ ފުރުސަތު ހުޅުވާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު، ހއ. އަތޮޅަށް ފެއްޓެވި ކެމްޕެއިން ދަތުރުގެ އެންމެ ފަހު މަންޒިލް، ބާރަށުގެ ޕީޕީއެމް ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު، ހއ. އަތޮޅަށް ފެއްޓެވި ކެމްޕެއިން ދަތުރުގެ އެންމެ ފަހު މަންޒިލް، ބާރަށުގެ ޕީޕީއެމް ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

"އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަޒީފާގެ ފުރުސަތުތައް ފަހިވާ ގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދާނަން." އޭނާ ވިދާޅުވި އެވެ.

މަސްވެރިންނަށް ހާއްސަ ޖެޓީއެއް ހަދައި، މިހާރު އެ ރަށުގައި ބޭނުންކުރާ ޖެޓީ މަރާމާތު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބާރަށަކީ ރާއްޖޭގެ އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށަކަށް ވާއިރު، އެ ރަށުގެ މަގު ހެދުމުން، އާސާރީ ގިނަ ތަންތަން ހުރި އެ ރަށަށް ޒިޔާރަތްކުރާ މީހުންނާއި އެރަށުގައި ދިރިއުޅޭ މީހުންނަށް ވެސް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގުތައް ހެދުމަކީ، މުއިއްޒު ވިދާޅުވި ގޮތުގައި، ރަނގަޅު ޕްލޭނެއްގެ ތެރެއިން ބަލާނަމަ އިގުތިސޯދަށް ހުޅުވާލާ މަގުތަކެއް ކަމަށެވެ. ތަރައްގީވެފައިވާ ގައުމުތަކުގައި އެންމެ ފުރަތަމަ ހަދަނީ މަގުތައް ކަމަށާއި އެއީ ދުނިޔޭގެ ތާރީހުން ފެންނަން އޮތް ކަންތައްތަކެއް ކަމަށް ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަޒީފާގެ ފުރުސަތުތައް ފަހިވާ ގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދާނަން.-- އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރަނގަޅު ޕްލޭނަކާ އެކު މަގުތައް ހަދައިފިނަމަ އާބާދީއަށް އަންނާނީ ދިރުމެެވެ. އެއާއެކު، ބާރަށުގެ ވަށައިގެންވާ ރިންގް ރޯޑު ހަދައި ބޮޑެތި މަގުތަކުގައި ތާރު އަޅައިދިނުމަށް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި 2،000 އަށްވުރެ ގިނަ މީހުން އުޅޭ މި ރަށުގެ ސިއްހީ ނިޒާމް ވެސް އޮތީ އެކަށީގެންވާ ގޮތެއްގައެއް ނޫނެވެ. އެހެންވެ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ހިދުމަތްތައް ލިބޭ ތަނަކަށް އެރަށުގެ ސިއްހީ މަރުކަޒު ހަދާނެ ކަމަށް ވިދާޅުވި އެވެ