Roadha Mihaaru
އަނިޔާވެރިކަން ނިމެން ޖެހޭ: މުއިއްޒު

ވެރިކަން ކުރާނީ ވަކި ބަޔަކަށް ނޫން، އެންމެން ހަމަހަމަވާނެ: މުއިއްޒު

15 އޯގަސްޓް 2023

ވެރިކަން ކުރާނީ ވަކި ބަޔަކަށް ނޫން ކަމަށާއި ނިސްބަތްވާ ޕާޓީގެ ސަބަބުން ތަފާތެއް ނުކުރާނެ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު ހއ. ކެލާއިން އާސިމާ ނިޒާރު

ވެރިކަން ކުރާނީ ވަކި ބަޔަކަށް ނޫން ކަމަށާއި ނިސްބަތްވާ ޕާޓީގެ ސަބަބުން ތަފާތެއް ނުކުރާނެ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ހއ. ކެލަާއަށް ވަޑައިގެން، މި ރަށުގެ ޕީޕީއެމް ޖަގައިހައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެއްވެސް މީހަކު ތަފާތެއް ނުކުރާނެ ކަމަށެވެ. މީހުންގެ ޝުއޫރުތައް އަޑުއައްސަވާނެ ކަމަށާއި އެ ކަން ކުރަން ކެރިވަަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެރިކަން ކުރަން އަންނާނީ ވަކި ޕާޓީއެއްގެ ބަޔަކަށް ނޫން. ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް. އެ ރައްޔިތެއް ނިސްބަތްވާ ޕާޓީއަކުން އަޅުގަނޑުގެ ވެރިކަމެއްގައި ވެރިކަން ކުރަން އަންނާނީ ވަކި ޕާޓީއެއްގެ ބަޔަކަށް ނޫން،" އޭނާ ވިދާޅުވި އެވެ.

"ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް. އެ ރައްޔިތުން ނިސްބަތްވާ ޕާޓީގެ ސަބަބުން އަޅުގަނޑުގެ ވެރިކަމެއް، އަޅުގަނޑުމެންގެ ކޯލިޝަން ވެރިކަމެއްގައި ތަފާތެއް ނުކުރާނަން. ހުރިހާ ރައްޔިތުން ހަމަހަމަވާނެ. ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރާނީ އުފަލާއެކީގައި، ހިތްހަމަޖެހުމާއެކީގައި، އިހުލާސްތެރިކަމާއެކީގައި. ތަފާތެއް ނުކުރާނަން."

މުއިއްޒު ވިދާޅުވީ ބަދަލު ހިފުމުގެ ރޫހު ދޫކޮށްލާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. ކަންކަން ކުރައްވާނީ އަދުލްވެރިިކަމާއި އިންސާފާއެކު ކަމަށާއި އަނިޔާވެރިކަން ނިމެންޖެހޭ ކަމަށް، މާލޭގެ މޭޔަރުކަން ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

ކެލާގައި މިއަދު ބޭއްވި ޑރ. މުއިއްޒު ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް

ކެލާގައި މިއަދު ބޭއްވި ޑރ. މުއިއްޒު ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް

އޭނާ ވިދާޅުވި ގޮތުގައި އެއްވެ އުޅުން ފަދަ އަސާސީ ހައްގުތައް ކަށަވަރުކޮށްދީ، ފަހިކޮށްދޭންޖެހެ އެވެ. އޭނާ ވަނީ، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރޭގައި، ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ފުޅާ މިނެއްގައި އަދި އިސްލާމީ ޝަރީއަތުގައި ތަންދޭ އެންމެ ފުޅާމިނަކަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެއްވެ އުޅުމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ހޯދައިދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

ހިޔާލު ފާޅުކުރުން ވެސް، އެ ހުދޫދުގެ ތެރެއިން ހޯދައިދޭނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް ވިދާޅުވި އެވެ.

"އެއްވެ އުޅުމުގެ މިނިވަންކަން އޮންނާނެ. ރައްޔިތުން ކަންތައްތަކާ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެ. ހިޔާލު ފާޅުކުރަންވީ." އޭނާ ވިދާޅުވި އެވެ.

ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް. އެ ރައްޔިތުން ނިސްބަތްވާ ޕާޓީގެ ސަބަބުން އަޅުގަނޑުގެ ވެރިކަމެއް، އަޅުގަނޑުމެންގެ ކޯލިޝަން ވެރިކަމެއްގައި ތަފާތެއް ނުކުރާނަން. ހުރިހާ ރައްޔިތުން ހަމަހަމަވާނެ. ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރާނީ އުފަލާއެކީގައި، ހިތްހަމަޖެހުމާއެކީގައި، އިހުލާސްތެރިކަމާއެކީގައި. ތަފާތެއް ނުކުރާނަން."---- މުއިއްޒު

މި ސަރުކާރުން ވަނީ މި ރަށުގައި ރިސޯޓު ހަދަން ތުނޑިން ބޮޑު ބައެއް ދޫކޮށްފަ އެވެ. ނަމަވެސް، މުއިއްޒު ވިދާޅުވީ އެކަން ކޮށްފައި އޮތީ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ނޫން ކަމަށެވެ. ވެރިކަމަށް ވަޑައިގެންފިނަމަ އާމްދަނީން ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް އެކަން ބަދަލުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަނޑުވެރިކަން ކުރާ މި ރަށުގައި އެކަން ފުޅާކުރުމަށް އެ ސަރަހައްދަށް ކަރަންޓަށް ދޭނެ ކަމަށް ވިދާޅުވި އެވެ. އަދި އިތުރު ސިނާއަތްތައް ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ބަނދަރާ ގުޅިގެން ބިން އިތުރުކުރެވެން އެބައޮތް ކަމަށާއި އެ ބިމުގައި މަސްވެރިކަމުގެ ސިނާއަތް އިތުރުކުރުމުގެ ވިސްނުން އެބައޮތް ކަމަށާއި އެއީ މުސްތަގުބަލް އޮތް ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއް ވުމުން ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ކަމަށާއި އާއިލާތައް އުފަލުގައި އުޅޭތަން ދެކެން ވޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ހަމައެކަނި ތަރައްގީގެ މަޝްރޫއެއް ހިންގިއަސް ތަރައްގީއެއް ނުލިބޭނެ އެވެ. އެ މަޝްރޫއުތައް ހިންގަން ޖެހޭނީ ފައިދާވާ ގޮތަށް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.