02 ފެބުރުއަރީ 2017
މިއީ ވަރަށް ހައިރާންކަން ލިބޭ ޚަބަރަށް ވެދާނެ އެވެ. ނަމަވެސް މަރުވެފައި ތިބޭ މީހުންނާ ވާހަކަ ދައްކަން ބޭނުންކުރެވޭ ކަމަށް ބުނާ ފޯނު ބޫތެއް ޖަޕާނުގައި ހުރެ އެވެ.
މިއީ ވަރަށް ހައިރާންކަން ލިބޭ ޚަބަރަށް ވެދާނެ އެވެ. ނަމަވެސް މަރުވެފައި ތިބޭ މީހުންނާ ވާހަކަ ދައްކަން ބޭނުންކުރެވޭ ކަމަށް ބުނާ ފޯނު ބޫތެއް ޖަޕާނުގައި ހުރެ އެވެ.
އޮޓްސޫޗީ ކިޔާ މި ރަށަކީ 2011 ގައި ޖަޕާނަށް އައި ބިންހެލުމާއި ސުނާމީގައި އެ ގައުމުން ސުންނާފަތިވި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މި ކާރިސާގައި އެ ރަށުން ވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވި އެވެ. މި ފޯން ބޫތަކީ އެ ރަށުގެ ވެލި ފަރުބަދައެއް މަތީގައި ބަހައްޓާފައި ހުރި ބޫތެކެވެ. މަރުވި މީހުންގެ އާއިލާތަކުގެ މީހުން ގޮސް އެމީހުންނާ ވާހަކަ ދެއްކުމަށެވެ.
ޓްރެވެލް އެންޑް ލެޒާގައި ބުނެފައިވާ ގޮތުން މި ފޯން ބޫތާ އާދައިގެ ފޯނު ބޫތުތަކާ އެއްވެސް ތަފާތެއް ނެތެވެ. އެ ރަށުގެ މީހުންނާއި އެ ރަށަށް ޒިޔާރަތްކުރާ މީހުން ވެސް މަރުވެފައިވާ އެމީހުން ލޯބިވާ މީހުންގެ މަތިން މާ ބޮޑަށް ހަނދާންވާ ނަމަ އެ ފޯނު ބޫތަށް ވަދެ ވާހަކަ ދައްކާލައިގެން ހިތްހަމަޖައްސާލަ އެވެ. ނަމަވެސް މި ބޫތުގައި ބަހައްޓާފައި ހުންނަ ފޯނު ހުންނަނީ ކަނޑާލާފަ އެވެ. އެހެންވެ އެމީހުން ގޮސް ދައްކާނެ ވާހަކައެއް ދައްކައި ރޯނެ ވަރަކަށް ރޮއެފައި ދަނީ އެވެ.
މި ރަށަށް 2011 ގައި ދިމާވި ބިންހެލުމާއި ސުނާމީގައި ރަށުގެ އާބާދީގެ 10 ޕަސެންޓް މީހުން އެންމެ 30 މިނިޓް ތެރޭގައި މަރުވި އެވެ. އެހެންވެ ރަށުގެ ކޮންމެ އާއިލާއަކީ ވެސް އެބައެއްގެ ކޮންމެވެސް ތިމާގެ މީހަކު ނުވަތަ ބަޔަކު މަރުވެފައިވާތީ ހިތާމައިން ތިބޭ ބައެކެވެ.
މި ފޯނު ބޫތު ހަރުކުރީ އިޓާރީ ސަސާކީ ކިޔާ މީހެކެވެ. ސުނާމީގައި މަރުވި އޭނާގެ ދެބެންގެ ދެ ދަރި މީހެއްގެ ހަނދާންތައް ފިލުވާލަން ދަތިވެގެންނެވެ. އޭނާއަށް އެއްގޮތަކަށް ވެސް އާދައިގެ ފޯނެއް ބޭނުމެއް ނުކުރެވެ އެވެ. އެހެންވެ ރަށުގެ މީހުން އުޅޭ ހިސާބާ މާދުރު ފަރުބަދައެއް މަތީގައި ފޯނު ބޫތެއް ބިނާކުރީ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ ފޯނު ބޫތުގެ ސަބަބުން ތިމާގެ މީހާ ވަކިވެ ދިއުމުގެ ހިތާމައިން އަރައިގަތުމަށް އޭނާއަށް އެހީތެރިކަން ލިބުނެވެ.
މި ފޯނު ބޫތު ހުންނަނީ ޓޯކިޔޯ އިން މަދު ގަޑިއިރެއްގެ ތެރޭގައި ދެވޭ ވިނަ ފަޅާފައިވާ ވެލި ފަރުބަދައެއްގެ މަތީގަ އެވެ.
ރާއްޖޭގައި ޖަޕާނުގެ މަޖިލިސް މެންބަރަކު މަރުވެއްޖެ
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
ދުނިޔޭގެ އުމުރުން އެންމެ ދުވަސްވީ މީހާ މަރުވެއްޖެ
ތޫފާން "ހަގިބިސް" ގައި ޖަޕާނުން 25 މަރު
މަރުވާ މީހުންނަށް ޖަޕާނުގައި ހާއްސަ ހޮޓާތަކެއް
ރާމް ޗަރަންގެ ފިލްމަށް ދިޔަ ދެ މީހަކު މަރުވެއްޖެ
އަނިޔާވި ކުއްޖާގެ ހާލު ބަލަން އަރްޖުން ހޮސްޕިޓަލަށް
މަރުވެފައި އޮއްވާ ފެނުނު މީހެއްގެ ޕޯސްޓްމޯޓަމް ހަދަނީ
ނޫއުރަހަ ކަންނެއްޔެއް 1.3 މިލިއަން ޑޮލަރަށް ވިކިއްޖެ
އެންމެ ދުވަސްވީ މީހާ 116 އަހަރުގައި މަރުވެއްޖެ