Roadha Mihaaru
"ޑެޑްޕޫލް 3"ގެ ރޯލެއް ޓޭލާ ސްވިފްޓަށް

"ޑެޑްޕޫލް 3"ގެ ރޯލެއް ޓޭލާ ސްވިފްޓަށް

15 އޯގަސްޓް 2023

މާވެލް ސްޓޫޑިއޯސްގެ ކުރިއަށް އޮތް ސުޕަހީރޯ ފިލްމު "ޑެޑްޕޫލް 3"ގެ ރޯލެއް އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް ލިބިއްޖެ އެވެ.

މާވެލް ސްޓޫޑިއޯސްގެ ކުރިއަށް އޮތް ސުޕަހީރޯ ފިލްމު "ޑެޑްޕޫލް 3"ގެ ރޯލެއް އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޓޭލާ އަށް ލިބުނީ މާވެލް ކޮމިކްސްގައި މިއުޒިކް ކުޅޭ ސުޕަހީރޯއިންއެއް ކަމަށްވާ "ޑެޒްލާ"ގެ ރޯލެވެ.

ނަމަވެސް މާވެލް ސްޓޫޑިއޯސް އިން މި ހަބަރު އަދި ކަށަވަރުކޮށް ނުދެ އެވެ. އަދި ދޮގެއް ވެސް ނުކުރެ އެވެ.

މާވެލް ކޮމިކްސްގައިވާ ގޮތުގައި ޑެޒްލާ އަކީ އެކްސްމަންގެ މެމްބަރެކެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ ޓޭލާ އަށް މާވެލްގެ ރޯލުތައް ލިބުނު ވާހަކަ ސުރުހީތަކަށް އަރައިފަ އެވެ.

ޓޭލާ މިހާރު އުޅެނީ އޭނާގެ މިއުޒިކް ޓުއާގަ އެވެ. އެމެރިކާ އާއި އެހެން ގައުމުތަކުގައި ވެސް އެ ޓުއާގެ ޝޯތައް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

"ޑެޑްޕޫލް 3" ސިނަމާތަކަށް ގެންނަނީ އަންނަ އަހަރު މަހު މެއި ތިނެއްގަ އެވެ.