14 އޯގަސްޓް 2023
އުތުތު ކޮރެއާގައި މިހާރު އުފައްދި އަޖުމަބަލައި ކާމިޔާބު ވެފައިވާ ތަފާތު ބާވަތްތަކުގެ މިސައިލާއި އެހެނިހެން އަސްކަރީ ހަތިޔާރު އުފައްދާ މިންވަރު އިތުރު ކުރުމަށް، އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން، އެ ގައުމުގެ އަސްކަރިއްޔާ އަށް އަންގަވައިފި އެވެ.
އުތުތު ކޮރެއާގައި މިހާރު އުފައްދި އަޖުމަބަލައި ކާމިޔާބު ވެފައިވާ ތަފާތު ބާވަތްތަކުގެ މިސައިލާއި އެހެނިހެން އަސްކަރީ ހަތިޔާރު އުފައްދާ މިންވަރު އިތުރު ކުރުމަށް، އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން، އެ ގައުމުގެ އަސްކަރިއްޔާ އަށް އަންގަވައިފި އެވެ.
ހަތިޔާރާއި ބަޑީގެ އުންޑަ އުފައްދާ ބައެއް ކާރުޚާނާތަކަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކުރެއްވި ޒިޔާރަތަކަށް ފަހު، ރައީސް ކިމް އަންގަވާފައިވަނީ މިސައިލާއި ރޮކެޓްގައި ފޮނުވައިލާ ޒާތުގެ ބޮން އުފެއްދުން އިތުރު ކުރުމަށެވެ. އޭގެ އިތުރުން ބޮޑު ބަޑި އާއި އޮޓަމެޓިކް ރައިފަލްގައި ބޭނުންކުރާ ޒާތުގެ އުންޑަ އާއި ގޮވާތަކެތި އުފައްދާ މިންވަރު އިތުރު ކުރުމަށް ވެސް އޭނާ އެންގެވި އެވެ.
އުތުރު ކޮރެއާގައި އުފައްދާ ހަތިޔާރުގެ މިންވަރު އިތުރު ކުރުމަށް މި އެންގެވީ، އެމެރިކާ އާއި ދެކުނު ކޮރެއާގެ ސިފައިން ގުޅިގެން އަސްކަރީ ތަމްރީންތަކެއް ބާއްވަން ތައްޔާރުވަމުން އަންނަނިކޮށެވެ. އުތުރު ކޮރެއާ އިން ދެކޭ ގޮތުގައި އެމެރިކާ އާއި ދެކުނު ކޮރެއާގެ ސިފައިން ގުޅިގެން ބާއްވާ ތަމްރީންތަކަކީ، އުތުރު ކޮރެއާ އަށް އަރައިގަތުމަށް ބާއްވާ ފަރިތަކުރުންތަކެކެވެ.
ހަތިޔާރު އުފައްދާ މިންވަރު އިތުރު ކުރުމަށް ރައީސް ކިމް އެންގެވީ ކޮން ބޭނުމެއްގައި ކަމެއް، އެ ގައުމުގެ ރަސްމީ އިދާރާތަކުން ނުބުނެ އެވެ. އެހެން ނަމަވެސް، މިސައިލް އުފައްދާ ކާރުޚާނާ އަށް ހުކުރު ދުވަހު ކުރެއްވި ޒިޔާރަތުގައި ކިމް ވިދާޅުވެފައިވަނީ، ހަނގުރާމައިގެ ކުރީ ސަފަށް ދަތިނުވެ ހަތިޔާރު ލިބޭ މިންވަރަށް ހަތިޔާރު އުފެއްދުމުގެ ގާބިލުކަން އިތުރުކުރަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ހާލަތެއްގައި ގައުމު އޮންނަ އިރު، ހަނގުރާމައިގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިފައިންނަށް ވުރެ، ހަތިޔާރު އުފައްދާ ކާރުޚާނާތަކުގެ ދައުރު ވަކިން ކުޑައެއް ނޫނެވެ. އަދި ޒަމާނީ ހަތިޔާރު ކިތަންމެ ގިނައިން އުފައްދާފައި ހުއްޓަސް، އެ ތަކެތީގެ ބޭނުން ފުރިހަމަ އަށް ހިފޭނީ، އެ ތަކެތީގައި ބޭނުންކުރާނެ އުންޑަ އާއި ވަޒަން ވެސް މަދު ނުވެ ލިބިގެން ކަމަށް ރައީސް ކިމް ވިދާޅުވި އެވެ.
އުތުރު ކޮރެއާގެ ރައީސް ވިދާޅުވި ގޮތުގައި ދުޝްމަނުން ޖެހިލުންވާ ވަރުގެ އަސްކަރީ ބާރެއް އުތުރު ކޮރެއާގައި އޮންނަންވާނެ އެވެ. އަދި އެއްވެސް ބަޔަކާ އެކުގައި ހަނގުރާމައެއް ކުރަން ޖެހިއްޖެ ނަމަ، ދުޝްމަނުން ކޮށިއަރުވައިލެވޭ ވަރުގެ ގާބިލުކަން ވެސް ހުންނަންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ރައީސް ކިމްއާ ދެމެދު 2019 ވަނަ އަހަރު ބޭއްވި ބައްދަލުވުން ނާކާމިޔާބުވުމާ ގުޅިގެން، އުތުރު ކޮރެއާ އިން ވަނީ އަސްކަރީ ބާރު ގަދަކުރުމުގެ ގޮތުން ފެންވަރު މަތީ މިސައިލް އުފެއްދުން އިތުރުކޮށްފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުތަކުގައި، އުތުރު ކޮރެއާ އިން ވަނީ ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ އެތައް މިސައިލެއް އަޖުމަބަލައިފަ އެވެ.
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ތަމްރީންތަކެއް
ރަޝިޔާއަށް ހަތިޔާރު ނުވިއްކުމަށް އެމެރިކާގެ އިންޒާރު
އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް އަޖުމަބަލައިފި
ނިއުކްލިއާ ރައްދެއް ދިނުމުގެ ތަމްރީންތަކެއް ބާއްވައިފި
އުތުރު ކޮރެއާ އިން މިސައިލެއްގެ އަޖުމަބަލައިފި
އުތުރު ކޮރެއާ އަށް ކާނާގެ ދަތިކަން ބޮޑުވަނީ
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޖަޕާނު ކައިރިއަށް
އަމާޒަކީ އެންމެ ބާރުގަދަ ނިއުކްލިއާ ލަޝްކަރަށް ވުން
އެއްވެސް ރަހުމެއް ނެތި ރައްދު ދޭނަން: އ. ކޮރެއާ
އުތުރު ކޮރެއާގެ މިސައިލްތަކުން ޖަޕާނު ތައްޔާރީ ހާލަތަށް