ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރެވެން ނެތް ކަމަށާއި އެކަމަކު އެ މައްސަލާގައި އިއްވި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރެވެން ނެތް ކަމަށާއި އެކަމަކު އެ މައްސަލާގައި އިއްވި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި މައްސަލަ އިސްތިއުނާފް ކުރުމަށްފަހު އިސްތިއުނާފް މައްސަލަ ނިމެންދެން ޖަލު ހުކުމް ފަސްކޮށްދޭން އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އެދިވަޑައިގަތެވެ.
ހައި ކޯޓުގެ ނިންމުމުގައިވަނީ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ އަދަބު ތަންފީޒު ކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާ ކަމަށެވެ. ނަމަވެސް 11 އަހަރުގެ ޖަލު އަދަބު ފަސްކުރަން އަމުރު ކުރެވެން ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި އެ ނިންމުމުގައިވެ އެވެ.
ސަބަބެއްގެ ގޮތުގައި އެ ނިންމުމުގައިވަނީ ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް ފަސް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައި ވުމެވެ. އަދި އެފަދަ ގާނޫނީ ހަމައެއް ނެތީސް، އެފަދަ އަމުރެއް ނެރެފި ނަމަ އޭގެ ނަތީޖާއަކަށް ވާނީ އިޖްރައާތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް އެ ނިންމުމުގައިވެ އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އޮތުމުގެ ސަބަބުން އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިޔަސް، އެ ކޯޓުން ވެސް އެމަނިކުފާނަށް ކާމިޔާބެއް ނުވި އެވެ.
ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު
ޔާމީންގެ ޝަރީއަތް ހޯމަ ދުވަހު ލައިވްކޮށް ދައްކަނީ
ދެވަނަ ހުކުމް ވެސް ބާތިލް، ޔާމީން މިނިވަންވެއްޖެ
ޔާމީންގެ ހަތަރު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފި
ޔާމީންގެ އިސްތިއުނާފް މައްސަލަ ހުކުމާ ހަމައަށް
ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނިމުމަކާ ގާތަށް
ޔާމީން ފައިސާ ދައުރުކުރީ އަސްލު ގެއްލޭ ގޮތަށް:ދައުލަތް