Roadha Mihaaru
ޓްރީ ޓޮޕްގައި ރޭޑިއޮލޮޖީގެ ހިދުމަތް ފުޅާކުރަނީ

ޓްރީ ޓޮޕްގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ކެޕޭސިޓީ އިތުރުކޮށް ހިދުމަތްތައް ފުޅާކުރަނީ

13 އޯގަސްޓް 2023

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ޑިޕާޓުމަންޓުގެ ކެޕޭސިޓީ އިތުރުކޮށް އެ ތަނުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު އެމްއާރުއައި މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހޮސްޕިޓަލަކީ ގިނަ ބަޔަކު އެމްއާރުއައިގެ ހިދުމަތް ހޯދަމުން އަންނަ ތަނަކަށްވުމުން، ތަނުގެ ކެޕޭސިޓީ އިތުރުކުރުމުން ވެއިޓް ލިސްޓުގައި ހޭދަވާ ވަގުތު މަދުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ދެމުން އަންނަ އެމްއާރުއައިގެ ހިދުމަތަކީ ބަލިމީހުންގެ ސަލާމަތާއި ސައްހަ ޑައިގްނޯސްޓިކްސް އަށް ފޯކަސްކޮށްގެން ރޭޑިއޭޝަން ބޭނުން ނުކޮށް އެތެރޭގެ ސްޓްރަކްޗާތަކުގެ ތަފްސީލީ، ހައި ރިޒޮލިއުޝަން ތަސްވީރުތައް ހޯދާ މެޝިނެކެވެ.

އެ ހޮސްޕިޓަލުން މި ހިދުމަތް ދެނީ ތަޖުރިބާކާރު ރޭޑިއޮލޮޖިސްޓުންނާއި ޓެކްނީޝަނުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެމްއާރުއައި އަކީ ނިއުރޯލޮޖިކަލް، މަސްކިއުލޯސްކެލިޓަލް، ކާޑިއޯވަސްކިއުލާ އަދި މެޑިކަލް އިވެލުއޭޝަންތައް ހަދާ ޑައިގްނޯސްކޮށް، ފަރުވާ ޕްލޭންކުރުމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

ޓްރީ ޓޮޕްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގައި އެކްސްރޭ، ފްލޫރޯސްކޯޕީ، ސީޓީ ސްކޭންސް، ބޯން ޑެންސިޓޮމެޓްރީ، އަލްޓްރާސައުންޑް އަދި މެމޮގްރަފީގެ ހިދުމަތް ދެ އެވެ.