ކުދި ރަށްތަކެކޭ އެއްގޮތަށް އާބާދީ ބޮޑެތި ރަށްތައް ތަރައްގީ ކުރުމުގައި ވެސް އިސްކަންދޭންޖެހޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
12 އޯގަސްޓް 2023
ކުދި ރަށްތަކެކޭ އެއްގޮތަށް އާބާދީ ބޮޑެތި ރަށްތައް ތަރައްގީ ކުރުމުގައި ވެސް އިސްކަންދޭންޖެހޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ޕީޕީއެމް/ޕީއެންސީން ރާއްޖޭގެ އުތުރަށް ފައްޓަވާފައިވާ ކެމްޕެއިން ދަތުރުގައި، ހދ. ނޮޅިވަރަމަށް ވަޑައިގެން ރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މި ރަށުގައި ފުޓްބޯޅަ ދަނޑެއް ނެތި އެހެން ރަށެއްގައި ދަނޑެއް އޮވެގެން ނުވާނެ ކަމަށެވެ.
މި އަށް ވުރެ ކުދި ރަށްތަކުގައި ވެސް ޒަމާނީ ފެންވަރަށް މަގު ހަދާފައިވާ ކަމަށާއި ނަމަވެސް، ބޮޑެތި ރަށްރަށަށް އިސްކަންދޭންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"އާބާދީ ބޮޑެތި ރަށްތައް ދޫކޮށްލާފައި ކުދި ރަށްތަކުގައި އެކަން ވެގެންދިއުމުން ތަރުތީބު އެބަ އޮޅުން އަރާ،" މުއިއްޒު ވިދާޅުވި އެވެ.
"އެއީ، އިންސާފަށް ބުނެވޭ ބަހަކަށް ވާނީ. އަދުލްވެރިކަމާއެކު ބުނެވޭ އެއްޗަކަށް ވާނެ. މި ރަށުގެ ރައްޔިތުންގެ ކިބައިން އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްދެއްވައިފި. ރައީސް ޔާމީންގެ ސަރުކާރުގައި މި ރަށުގައި ނަރުދަމާ އެޅި ވާހަކަ އާއި އެތައް ކަމެއް ފާހަގަކޮށްދެއްވައިފި. އޭގެ ފަހުގައި، މި ހިނގަމުންދާ ނިމެމުންދާ ސަރުކާރުގައި އެއްކޮށް ނިންމާލެވުނުކަން."
ނަމަވެސް، މުއިއްޒު ވިދާޅުވީ ހުރިހާ ރަށެއްގެ މަގުތައް ވެސް ސަރުކާރުން ހަދައިދޭން ޖެހޭ ކަމަށާއި އެންމެންނަށް ވެސް ސަރުކާރުން އެހީތެރިކަން ދޭންޖެހޭ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަނީ. --
މި ރަށް ކައިރީގައި އޮންނަ ކުޅުދުއްފުށި ސިޓީ ނުހިމަނައި މުއިއްޒު ވިދާޅުވީ ސަރުކާރަކުން ކަންކަން ކޮށްދިނުމުގައި، އާބާދީގައި 3،000 އެއްހާ މީހުން ދިރިއުޅޭ ނޮޅިވަރަމަށް ވުރެ އިސްކަންދޭންޖެހޭ އެހެން ރަށެއް އޮތް ކަމަށް އެއްގޮތަކަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.
މި ރަށަށް ބޭނުންވާ މުހިއްމު ކަންކަން އެބަހުރި ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އޭނާ އިންތިހާބު ވެއްޖެނަމަ، ރަށު ރައްޔިތުން އެދޭ ގޮތަށް ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދާނެ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ބަނދަރުގެ ދަތިތައް ހައްލުކޮށްދިނުމަށް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.
އޭގެ އިތުރުން ރަށުގައި ފުޓްބޯޅަ ދަނޑަކާއި ފުޓްސަލް ދަނޑެއް އަދި ސްކޫލު އެއްދަންފަޅިއަށް ހެދުމަށް ބޭނުންވާ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އަދި ސައިންސް ލެބެއް ހަދައިދިނުމާއެކު، އޭޓީއެމް ބަހައްޓައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިކަމަށް ބަރޯސާވެފައިވާ މި ރަށުން ގަސްކާނާ އާއި އެ މަސައްކަތަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި މި ރަށަށް އެކަށީގެންވާ ވަރުގެ ހޮސްޕިޓަލެއް ގާއިމްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެ ހުރިހާ ކަމަކުން ވެސް ސީދާ އަދި ނުސީދާ ގޮތުން ވަޒީފާ އިތުރުވެގެންދާނެ ކަމަށެވެ.
މުއިއްޒުގެ ކެމްޕެއިން ދަތުރުތައް އުތުރުން ފައްޓަވައިފި
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން