11 އޯގަސްޓް 2023
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރެއްގެ ހަވާސާގައި ނުރަސްމީ ސިޔާސީ މަސައްކަތްތައް ކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރެއްގެ ހަވާސާގައި ނުރަސްމީ ސިޔާސީ މަސައްކަތްތައް ކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބާ ގުޅިގެން އޭސީސީން އިއްޔެ ނެރުނު "އިންތިހާބުތަކާ ބެހޭ ކޮރަޕްޝަނުގެ ހިރާސް ނައްތާލުމާ ބެހޭ ގައިޑްލައިން" ގައި ބުނެފައިވާ ގޮތުގައި އެއްވެސް ކެންޑިޑޭޓަކު ނުވަތަ ސިޔާސީ ޕާޓީއަކުން ކެމްޕެއިނުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމަކީ މަނާ ކަމެކެވެ.
ނަމަވެސް އިންތިހާބުގެ ދުވަސްވަރު ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކެންޑިޑޭޓަކު ރަސްމީ ދަތުރެއް ކުރާ ނަމަ، ސިޔާސީ ހަރަކާތެއްގައި އުޅުން މަނާ ނުވާނެ ކަމަށް އެ ގައިޑްލައިންގައިވެ އެވެ. އެކަމަކު އެ ހާލަތުގައި ސިޔާސީ ހަރަކާތަށް ހަރަދުކުރަން ޖެހޭނީ ކެމްޕެއިން ފައިސާގެ ތެރެއިން ކަމަށް އޭގައިވެ އެވެ.
"ރަސްމީ ބޭނުމަށް ކުރާ ރަސްމީ ދަރެއްގެ ހަވާސާގައި އެކަމަކުން އެ ދަތުރެއްގެ ހަރަދަށް އެއްވެސް އަސަރެއް ނުކުރާނެ ފަދަ ސިޔާސީ ހަރަކާތެއްގައި ނުރަސްމީ ގަޑީގައި ބައިވެރިވެވިދާނެ،" އޭސީސީން ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިހާބު އިއުލާނުކުރުމަށް ފަހު، ހާއްސަ ހާލަތެއްގައި ނޫނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަ ހާލަތެއްގައި ނޫނީ ގިނަ އަދަދެއްގެ މުވައްޒަފުން ނުނެގުމާއި ވަޒީފާގެ ވަގުތާއި ވަޒީފާގެ ހައިސިއްޔަތުން ލިބިފައިވާ ވަސީލަތްތަކާއި ތަކެތި ވެސް ކެމްޕެއިނަށް ބޭނުން ނުކުރުމަށް އޭސީސީން ބުނެފައިވެ އެވެ.
އެ ގައިޑްލައިންގައި ވަނީ، ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އިންތިހާބު ދުވަސްވަރު ކޮރަޕްޝަނާ ދުރުވެ ތިބުމަށް އެކި ގައުމުތަކުގައި އަމަލުކުރާ ގޮތާއި ބެސްޓް ޕްރެކްޓިސްތައް ބަޔާންކޮށްފައިވެ އެވެ. އަދި ރާއްޖޭގައި އިންތިހާބުތަކާ ގުޅޭ ގޮތުން ހަދާފައި ހުރި ގާނޫނުތަކުގައި ކަނޑައަޅާފައިވާ ހަމަތައް ވެސް ބަޔާންކޮށްފައިވެ އެވެ.
އޭސީސީން ވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ އެންމެން މި ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް އެ އިރެއްގައި އޮންނަ ސަރުކާރަކަށް ދައުލަތުގެ ވަސީލަތްތައް ކެމްޕެއިނަށް ބޭނުންކުރާ ކަމުގެ ތުހުމަތު އަމާޒުވެ އެވެ. އެކަމަކު ރާއްޖޭގައި މިފަދަ ކަންކަމަށް ބަލައި ވަޒަންކުރާނެ ގާނޫނީ އޮނިގަނޑެއް ނެތުމަކީ މިފަދަ މައްސަލަތައް ބެލުމަށް އޮތް ގޮންޖެހުމެއް ކަމަށް ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ.
ސަރުކާރު ބަދަލުވާތީ ބައެއް ކަންކަން ނުކުރަން އަންގައިފި
ރައީސް ނިންމެވި ބައެއް ނިންމުންތައް ވެސް އޭސީސީ އަށް
ކެމްޕެއިނަށް ދައުލަތް: ފެންނާނީ އިދިކޮޅުގައި ތިބޭއިރު!
އޭސީސީން އެދުނު ހުރިހާ ލިޔުމެއް ހިއްސާކޮށްފިން: ހީނާ
އެންސްޕާގެ އާ އިމާރާތުގެ އެއްބަސްވުން ބާތިލްކުރަނީ
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
ހިޔާނާތުގެ މައްސަލައެއްގައި އޭސީސީގެ ވެރިއަކު ސަސްޕެންޑް
އެސްއޯއީތަކުގެ ކޮރަޕްޝަން އަދިވެސް ނުހުއްޓޭ: ނާޒިމް
އޭސީސީ ނުހިނގާ، ކޮރަޕްޝަނެއް ވެސް ނުހުއްޓުވޭ: ނާޒިމް
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ