ދިރާގުން ބޭއްވި މޮބައިލް ލެޖެންޑްސް ކޮންކުއެސްޓުގެ ގްރޭންޑް ފިނާލޭ މާދަމާ އޮންނާނެ އެވެ.
10 އޯގަސްޓް 2023
ދިރާގުން ބޭއްވި މޮބައިލް ލެޖެންޑްސް ކޮންކުއެސްޓުގެ ގްރޭންޑް ފިނާލޭ މާދަމާ އޮންނާނެ އެވެ.
މި މުބާރާތުގެ ހަތް ދުވަހުގެ މެޗުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ފަހު ގްރޭންޑް ފިނާލޭގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ދިރާގު ހެޑް އޮފީހުގަ އެވެ. އެ ތަނުގައި ގްރޭންޑް ފިނާލޭ ބާއްވަން ނިންމީ މުބާރާތުގެ ބައިވެރިންގެ އާއިލާ އާއި ރައްޓެހިން ބައިވެރިކޮށް ފޯރިގަދަ މާހައުލެއްގައި މުބާރާތް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ގްރޭންޑް ފިނާލޭ އިވެންޓުގައި އެއް ދުވަހުގެ ފީފާ ޓޯނަމަންޓަކާއި ތަފާތު ވީ.އާރު ގޭމްތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެ ކަމަށެވެ.
ދިރާގުން ބުނީ މި އިވެންޓުގެ ފީފާ ޓޯނަމަންޓުން އެއް ވަނައަށް ދާ ފަރާތަކަށް ޕްލޭސްޓޭޝަން 5 އެއް ލިބޭނެ ކަމަށެވެ. މި ޓޯނަމަންޓްގައި ބައިވެރިވުމަށް މިހާރު އޮންލައިންކޮށް ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލައިފަ އެވެ. މި ޓޯނަމެންޓު ކުރިއަށްގެންދާނީ 35 ކުޅުންތެރިންނަށް ލިމިޓުކޮށްގެންނެވެ.
ދިރާގުގެ މޮބައިލް ލެޖެންޑްސް ކޮންކުއެސްޓުގެ މުބާރާތްތައް ސޯޝަލް މީޑިއާ އަދި ޔޫޓިއުބް މެދުވެރިކޮށް ވަނީ ލައިވް ސްޓްރީމްކޮށްފަ އެވެ.
މި މުބާރާތަކީ 100،000ރ. ގެ ޕްރައިޒް ޕޫލެއް ހުށަހަޅައިގެން ކުރިއަށް ގެންދާ ރާއްޖޭގެ އެންމެ ބޮޑު އެއް އީ-ސްޕޯޓްސް މުބާރާތެކެވެ.
ގޭމްކުޅުމަށް ހާއްސަ ޕްލެޓްފޯމެއް ދިރާގުން ތައާރަފުކޮށްފި
އެޑިއުކޭޝަން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ތޮއްޑޫގެ ތާރީހީ ޓެނިސްމުބާރާތުގެ އެއް ޕާޓްނަރަކީ ދިރާގު
ޓެކާސް ދިރާގު ރިސޯޓް ކަޕް މިއަދު ފަށަނީ
ފީބާ އަންޑަ16 އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް ފަށަނީ
އީދު ބޮލަށް ގޮން: ދިރާގުން ގިވްއަވޭއަކަށް ދެ ޑްރޯން
ދިރާގު އީދު ބޮނޑިބަތަށް މިއަހަރު ވެސް ހޫނު ތަރުހީބެއް!
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް
"ދިރާގު ގޯ ގްރީން 2025"ގެ ހާއްސަ ހަރަކާތްތަކެއް
ބޮޑު އީދަށް ދިރާގުގެ ބޮޑު އޮފާތަކެއް!