މޯބައިލް ގޭމް ކުޅޭ މީހުންނަށް ހާއްސަ ޕްލެޓްފޯމެއް ދިރާގުން ތައާރަފުކޮށްފި އެވެ.
07 ސެޕްޓެމްބަރ 2020
މޯބައިލް ގޭމް ކުޅޭ މީހުންނަށް ހާއްސަ ޕްލެޓްފޯމެއް ދިރާގުން ތައާރަފުކޮށްފި އެވެ.
"ދިރާގު ގޭމް ހަބް" ގެ ނަމުގައި ތައާރަފުކުރި މި ޕްލެޓްފޯމުން 700 އަށް ވުރެ ގިނަ ގޭމް ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު ގޭމުތައް ވެސް ހިމެނެ އެވެ.
މި ޕްލެޓްފޯމަށް ވަނުމަށް ސަބްސްކްރިޕްޝަން ޕޯޓަލް https://bit.ly/2R12wqJ ގާއިމު ކޮށްފައިވަނީ "ގޭމް ލޮފްޓް" އިންނެވެ. ގޭމްލޮފްޓަކީ ދުނިޔޭގެ ފެންވަރުގައި މޯބައިލް ގޭމް ޑިވެލޮޕްކުރާ ކުންފުންޏެކެވެ. ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޕޯޓަލް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި ގޭމްހަބްގެ ސަބްސްކްރިޕްޝަން ދެ ގޮތަކަށް ނެގޭނެ އެވެ. އެއީ މަހުން މަހަށް ނުވަތަ ބޭނުންވާ ހަފުތާއަކަށް ސަބްސްކްރައިބް ކުރާ ގޮތަށެވެ. މަހުން މަހަށް ސަބްސްކްރައިބްކުރާ ނަމަ 50ރ. ދައްކަން ޖެހޭއިރު ހަފުތާއަކަށް ސަބްސްކްރައިބް ކުރާ ނަމަ 20ރ. ދައްކަން ޖެހޭނެ އެވެ.
ދިރާގު ގޭމް ހަބްއަށް ސަބްސްކްރައިބް ކުރެވޭނީ ގޭމްލޮފްޓް މެދުވެރިކޮށް--
ގޭމް ހަބަށް ސަބްސްކްރައިބް ކުރުމަށް ދިރާގު ވެބްސައިޓުގައިވާ ގޭމް ހަބް ޕޭޖުން ބޭނުންވާ ސަބްސްކްރިޕްޝަން ޕެކޭޖެއް ނެގޭނެ އެވެ. ސަބްކްރައިބް ކުރުމަށް ފަހު، އެންޑްރޮއިޑް ކަސްޓަމަރުންނަށް ވަގުތުން ގޭމްތައް ޑައުންލޯޑް ކޮށް ކުޅެވޭއިރު އައިއޯއެސް ކަސްޓަމަރުންނަށް އޮންލައިންކޮށް ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ގޭމް ކުޅެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ސަބްސްކްރައިބް ކުރުމަށް ފަހު ގޭމްހަބުގައި ހުންނަ ގޭމްތައް ކުޅޭއިރު އިތުރު އެއްވެސް "އިން އެޕް ޕާޗޭސް"އެއް ކުރާކަށް ނުޖެހޭނެ އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ޒަމާނީ ހިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. އެހެންކަމުން މިއަދު ތައާރަފުކުރި ގޭމްހަބް މެދުވެރިކޮށް ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންނަށް މޯބައިލް ގޭމް ކުޅުމުގައި އިތުރު ފަސޭހަތަކާއި ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފޯރިގަދަ "ގޭމް ކުއެސްޓް ސީސަން 1" ނިންމާލައިފި
ގޭމަރުންނަށް "ދިރާގު ގޭމާސް ގިލްޑް" ޕްލެޓްފޯމެއް
ދިރާގު މޮބައިލް ލެޖެންޑްސްގެ ގްރޭންޑް ފިނާލޭ ބާއްވައިފި
މޮބައިލް ލެޖެންޑްސް ކޮންކުއެސްޓްގެ ގްރޭންޑް ފިނާލޭ މާދަމާ
ފުވައްމުލައް ރަންގެ ރޭސް ކިޓާއި ބިބް ދޫކުރަނީ
200ރ. އިން މަތީގެ ބިލަކާ އެކު، ސްމާޓް ކިޓެއް!
"ބުރުނު ބޮމަ" މަސް ރޭހުގެ ޕާޓްނަރަކަށް ދިރާގު
"ދިރާގު މާލެ އޯޕަން" ސުވިމިން މުބާރާތުގެ ފުރުސަތު
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުން ބާއްވައިފި
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓުގެ ފުރުސަތު