Roadha Mihaaru

އީދު ބޮލަށް ގޮން: ދިރާގުން ގިވްއަވޭއަކަށް ދެ ޑްރޯން

ދިރާގުން ބޮޑު އީދަށް ހާއްސަކޮށްގެން "އީދު ބޮލަށް ގޮން"ގެ ނަމުގައި ވަނީ ސޯޝަލް މީޑިއާއެއް ފަށައިފަ އެވެ.

އީދު ބޮލަށް ގޮން: ދިރާގުން ގިވްއަވޭއަކަށް ދެ ޑްރޯން
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

08 ޖޫން 2025

ދިރާގުން ބޮޑު އީދަށް ހާއްސަކޮށްގެން "އީދު ބޮލަށް ގޮން"ގެ ނަމުގައި ވަނީ ސޯޝަލް މީޑިއާއެއް ފަށައިފަ އެވެ.

އަގުހުރި އިނާމުތަކެއް ހުށަހަޅައިގެން ކުރިއަށް ގެންދާ މި ގިވްއަވޭގައި ބައިވެރިވެވޭނީ ދިރާގުގެ އިންސްޓަގްރާމް، ފޭސްބުކް އަދި އެކްސްގައިވާ ގިވްއަވޭގެ ހާއްސަ ޕޯސްޓުތަކަށް "އީދު ބޮލަށް ގޮން" ޖަހަން ބޭނުންވާ ރައްޓެހިން ޓެގްކޮށްގެންނެވެ. މި ޕޯސްޓުތަކުގައި ބޭނުންވަރަކަށް، ބޭނުން އަދަދަކަށް ރައްޓެހިން ޓެގުކުރެވޭނެ އެވެ. މި ޕޯސްޓުތަކުގައި ރައްޓެހިން ގިނައިން ޓެގުކުރާ ވަރަކަށް އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެން ދާނެ އެވެ.

މި ގިވްއަވޭގެ ބޮޑު އިނާމަކަށް ދިރާގުން ހުށަހަޅާފައި ވަނީ ދެ ޑީޖޭއައި ޑްރޯން އެވެ. ދެ ވަނަ އަށް ހުށަހަޅާފައި ވަނީ ތާޑް ޖެނެރޭޝަންގެ ދެ އެޕަލް އެއާޕޮޑްސް އެވެ. ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ދެ ސެމްސަންގް ގެލެކްސީ ފިޓް 3 ސްމާޓްވޮޗެކެވެ.

މި ގިވްއަވޭ ކުރިއަށް ދާނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.