09 އޯގަސްޓް 2023
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަލީ ނަސޫހު ރަޝީދު (ޕިލާ)ގެ ގޯލުތަކުން 2-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުރިއަށް ޖެހިލައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަލީ ނަސޫހު ރަޝީދު (ޕިލާ)ގެ ގޯލުތަކުން 2-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުރިއަށް ޖެހިލައިފި އެވެ.
ސަސްގެ މި މޮޅާ އެކު އެޓީމު ވަނީ އީގަލްސް އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 18 ޕޮއިންޓާ އެކު ވަގުތީގޮތުން ޓޭބަލްގެ ދެވަނައަށް ޖެހިލައިފަ އެވެ. އީގަލްސް އަށް ހަތް މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ. އެއްވަނައިގައި އޮތީ ހަތް މެޗުން 19 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ.
މާޒިޔާ އާއި އީގަލްސް މިރޭ ކުޅެން ތާވަލް ކުރެވުނު މެޗު ވަނީ ފަސްކޮށްފަ އެވެ. އެއީ އަންނަ ބުދަ ދުވަހު އޮންނަ އޭއެފްސީ ކަޕް ކޮލިފައިންގެ މެޗަށް ބަންގްލަދޭޝަށް ކުރާ ދަތުރަށް ތައްޔާރުވާން އީގަލްސް އަށް ފުރުސަތު ދިނުމުގެގޮތުން.
ބަންގްލަދޭޝްގެ ދަތުރަށް ތައްޔާރުވާން އީގަލްސް އަށް މެޗު ފަސްކޮށް ދީފި https://t.co/a2NZe7ascF
— Mihaaru (@Mihaarunews) August 9, 2023
މި މެޗުން ބަލިވުމާ އެކު ބުރުން ވަނީ އަލުން ހަތަރުވަނައަށް ޖެހިލުމުގެ ފުރުސަތު ނަގާލައިފަ އެވެ. އެޓީމު ފަސްވަނައިގައި އޮތީ އަށް މެޗުން ހޯދި 12 ޕޮއިންޓާ އެކު އެވެ. ހަތަރުވަނައިގައި އޮތީ އިއްޔެ ގްރީން ސްޓްރީޓްސް އިން މެޗަށް ހާޒިރު ނުވުމުން މެޗު ލިބުނު ޓީސީ ސްޕޯޓްސް ކްލަބެވެ. ޓީސީ އަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ.
މިއީ ސަސް އިން ޖެހިޖެހިގެން ބުރު ބަލިކުރި ތިންވަނަ ފަހަރެވެ. މިދިޔަ ބުރާސްފަތި ދުވަހު ލީގުގައި އެޓީމުން ބުރު ބަލިކުރީ 2-1 އިންނެވެ. އޭގެ ކުރިން މިދިޔަ އަހަރު އޮތް ދިވެހި ލީގު ކޮލިފިކޭޝަންގައި އެޓީމުން ބުރުގެ މައްޗަށް ކުރި ހޯދާފައި ވަނީ ވެސް 2-0 އިންނެވެ.
މިއަދުގެ މެޗުގައި ނަސޫހު ސަސް އަށް ލީޑު ނަގައިދިނީ މެޗުގެ 22 ވަނަ މިނިޓުގަ އެވެ. އަދި ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި އޭނާ ވަނީ ސަސް އަށް ލީޑު ފުޅާ ކޮށްދީފަ އެވެ. މިއީ އޭނާ ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުން ކާމިޔާބުކުރި ނުވަވަނަ ގޯލެވެ.
ފަހު ހާފުގައި ސަސް އަށް އިތުރު ގޯލެއް ޖަހަން ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް އައިހަމް އަހުމަދު (އައިހު) ފޮނުވާލި ޕެނަލްޓީ، ބުރުގެ ގޯލްކީޕަރު އަބްދުﷲ އަރުޝަން ވަނީ މަތަ ކޮށްފަ އެވެ.
ސަސް އިން ގޯލު ޖެހި ނަމަވެސް މެޗުގައި ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސް ކުރީ ބުރުންނެވެ. އެކަމަކު ސަސްގެ ގޯލްކީޕަރު އަބްދުﷲ ޒިމާމް ވަނީ ބުރުން ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާތައް ދިފާއު ކޮށްފަ އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ހުސާމްގެ ގޯލުތަކުން ސަސް އިން ބުރު ބަލިކޮށްފި
ސަސް އާއި ބުރު ވެސް މޮޅަކާ އެކު މަގާމު ދަމަހައްޓައިފި
ލައިޓްތައް މައްސަލަޖެހި މާޒިޔާގެ މެޗަށް ހިޔަނި
މޮޅަކާ އެކު ޔޫވީ އަށް ލީގު ނިމިއްޖެ
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ރިޒޭ ހުރިހާ މެޗެއްގައި ލަނޑުޖަހައި އީގަލްސް ވާންކޮށްފި
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ