04 އޯގަސްޓް 2023
ޖަލު ހުކުމާ އެކު އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ނުދައްކަވަން ނޫޅުއްވާ ކަމަށާއި، ޖަލު ހުކުމާއި ޖޫރިމަނާގެ އިސްތިއުނާފް މަރުހަލާ ނުނިމި އޮތުމަކީ އެ މަނިކުފާނުގެ ކުށެއް ނޫން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ޖަލު ހުކުމާ އެކު އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ނުދައްކަވަން ނޫޅުއްވާ ކަމަށާއި، ޖަލު ހުކުމާއި ޖޫރިމަނާގެ އިސްތިއުނާފް މަރުހަލާ ނުނިމި އޮތުމަކީ އެ މަނިކުފާނުގެ ކުށެއް ނޫން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އެމަނިކުފާނުގެ 11 އަހަރުގެ ޖަލު ހުކުމެއް އޮތުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އޮތުމާއި ގައިދީންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ގާނޫނު މަނާކޮށްފައި އޮންނާތީ އެވެ.
ނަމަވެސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ޖަލު ހުކުމެއް އޮތުމުން އެމަނިކުފާނުގެ ޝަރުތު ހަމަނުވާ ކަމަށް ނިންމި ބައި އެކަންޏެވެ. އެގޮތަށް ދިމާވީ ކޮމިޝަނުން ފުރަތަމަ ދިން ލިޔުމުގައި އޮތީ އެ ސަބަބު އެކަނި ކަމަށްވާތީ އެވެ. ނަމަވެސް ކޮމިޝަނުން ވަނީ ޔާމީންގެ ޖަލު ހުކުމް އޮތުމުގެ އިތުރަށް ޖޫރިމަނާގެ ހުކުމާއި ގައިދީންނަށް ސިޔާސީ ހަރަކާތް މަނާވާ ސަބަބު ވެސް އޮތްކަން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފަ އެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގައި މިރޭ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޖޫރިމަނާގެ ހުކުމެއް އޮތް ނަމަ އަމަލުކުރާ އުސޫލަކީ މީރާއިން އެކަން ލިޔުމުން އެންގުމަށް ފަހު ފައިސާ ދައްކަންޖެހޭ މުއްދަތު އެންގުން ކަމަށެވެ. އަދި ފައިސާ ނުދައްކަވަން ނޫޅުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު މި ފައިސާ ނުދެއްކުމުގެ ގަސްދެއް އޮތީކީއެއް ނޫން. މިކަން ކުރަންވާ އުސޫލުން އަޅުގަނޑާ ހަމައަށް ނޮޓިފިކޭޝަން އައިސްފައި ނެތީ. ސާބިތު ދަރަނީގެ އިސްލާހު މިތަނަށް އައިމަ އަޅުގަނޑު މި ދަންނަވަނީ އެއީ ވަކި ޕްރިންސިޕަލްއެކޭ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޖޫރިމަނާގެ ހުކުމާއި ޖަލު ހުކުމް ހުކުމް ފަސްކުރަން ހައި ކޯޓުގައި އެދިފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު އެ ހުރިހާ ކަމެއް ދިމާވީ އިސްތިއުނާފް މައްސަލަ ނުނިމި ލަސްވުމުގެ ސަބަބުން ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު މި އުޅެނީ މުޅި މައްސަލަ އިސްތިއުނާފް ކޮށްގެން. އިސްތިއުނާފް ނުނިމުމުމަކީ އަޅުގަނޑުގެ ކުށެއް ނޫން." ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުން ވިދާޅުވީ އިލެކްޝަން އިން ފަހުން އިތުރު ލިޔުމެއް ފޮނުވިކަން އެނގުނީ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅި ފަހުން ކަމަށެވެ. އަދި އެ ލިޔުމަކީ ކޮމިޝަނަށް ފޮނުވޭނެ ލިޔުމެއް ކަމަށް ގަބޫލު ނުކުރާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފް އިސްލާހު ކުރަން އެދިފައިނުވާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ފުރަތަމަ ނިންމިއިރު ވެސް ސާބިތު ދަރަންޏެއް އޮތް ކަމަށް ކޮމިޝަނުން ނިންމި ކަމަށެވެ. ނަމަވެސް ފުރަތަމަ ދިން ލިޔުމުގައި އެ ވާހަކަ ހިމެނިފައި ނެތުމުން އެކަން އިސްލާހުކޮށް، އެރޭ އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.
"މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއިރު އެ ޖަވާބު އެހެން އޮތްކަން އެނގިވަޑައިގަންނަވާ. އެ ޖަވާބާ ހަވާލުވާން ގުޅުއްވައިފި އިލެކްޝަންސް ކޮމިޝަނުން. ގުޅުއްވާފައި އެ މައުލޫމާތު ދެއްވާފައި." މަހްފޫޒް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އަމަލުކުރީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ނޫންތޯ ބެންޗުން ވިދާޅުވުމުން މަހްފޫޒް ވިދާޅުވީ ލިޔުމުގައި ގޯހެއް އޮތްކަން އެނގުނު ހިސާބުން އެކަން ވަގުތުން އިސްލާހުކުރި ކަމަށެވެ. އެހެންކަމުން ކޮމިޝަނުން އަމަލުކުރީ އެންމެ ޒިންމާދާރު ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހާލަތަކީ ނެތް ހާލަތަކަށް ނުވާނެ. ޖޫރިމަނާ ދައްކަންޖެހޭކަން އެބަ އިނގޭ. ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި މިހެން އޮތްކަން އެނގޭ." މަހްފޫޒް ވިދާޅުވި އެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ތޮލާލް ވިދާޅުވީ ކެންޑިޑެސީ ގަބޫލުނުކުރާ ކަމުގެ ލިޔުން ދިން ފަހުން ކޮމިޝަނުން އޭނާއަށް ގުޅުމަށްފަހު އާ ލިޔުމެއް ހަވާލުކުރަން ބޭނުންވާ ކަމަށް އެންގި ކަމަށެވެ. ނަމަވެސް އިތުރު ލިޔުމަކާ ހަވާލުވާން ޖެހޭ ސަބަބެއް ސާފުކޮށްދޭން އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ ޖެހިގެން އައި ދުވަހު އޮފީހަށް ދިޔައިރު ކޮމިޝަންގެ ލިޔުމެއް އީމެއިލް މެދުވެރިކޮށް ލިބިފައި އޮތް ކަމަށެވެ. އެކަމަކު އެއީ ހަވާލު ކުރެވޭނެ ލިޔުމެއް ކަމަށް ގަބޫލު ނުކުރާތީ އެ އީމެއިލް މިހާތަނަށް ވެސް ހުޅުވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލާގެ އަޑުއެހުންތައް އަދިވެސް ދަނީ ކުރިއަށެވެ.
ކުށްވެރިންނަށް ފުރުސަތު ދެވޭގޮތަށް ގާނޫނު މާނަނުކުރެވޭނެ
ޖޫރިމަނާއާ ބެހޭގޮތުން ޔާމީން ހެއްދެވީ އިތުރުފުޅެއް
ކޯޓުން ވެސް ނިންމީ ޔާމީނާ ދެކޮޅަށް؛ ފުރުސަތެއް ނެތް!
ޔާމީންގެ މައްޗަށް އޮތީ ސާބިތު ދަރަންޏެއްތަ؟
ޔާމީންގެ މައްސަލައިގެ ހުކުމް މާދަމާ ހެނދުނު 10 ގައި
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ފަނޑިޔާރުން: ޖަލުގައި ހުރެ ހޮވިއްޖެނަމަ ވާނީ ކިހިނެއް
ޖޫރިމަނާއާ ހެދި ޔާމީންގެ ކެންޑިޑެސީއަށް އިތުރު ހުރަހެއް
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"
ހުކުމެއް އޮވެ ވާދަކުރިޔަސް ގެއްލުމެއް ނެތް: ވަކީލް