04 އޯގަސްޓް 2023
ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރުގެ އާ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އަށް އެންމެ ހަތަރު ދުވަސް ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް ލިބިއްޖެ އެވެ.
ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރުގެ އާ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އަށް އެންމެ ހަތަރު ދުވަސް ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް ލިބިއްޖެ އެވެ.
ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ކަރަން ޑައިރެކްޓުކުރި މި ފިލްމަށް ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ވަނީ ލިބިފަ އެވެ.
ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރި މި ފިލްމަށް ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 101.44 ކްރޯޑް ރުޕީސް ލިބިފަ އެވެ. އެއީ އިންޑިއާގައި އެކަނި ދައްކައިގެން 62.44 ކްރޯޑް ރުޕީސް އާއި އެހެން ގައުމުތަކުގައި ދައްކައިގެން ލިބުނު 39 ކްރޯޑް ރުޕީސް އެވެ.
ފިލްމަކަށް 100 ކްރޯޑް ރުޕީސް ލިބިއްޖެ ނަމަ ބޮލީވުޑްގައި ކަނޑައަޅަނީ އެއީ ހިޓު ފިލްމެއް ކަމަށެވެ.
މިއީ މި އަހަރު ނުކުތް ބޮލީވުޑް ފިލްމުތަކުގެ ތެރެއިން 100 ކްރޯޑް ރުޕީސް ހަމަކުރި ނުވަ ވަނަ ފިލްމެވެ.
"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ބަޖެޓަކީ 160 ކްރޯޑް ރުޕީސް އެވެ.
ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓުން އަންދާޒާކުރާ ގޮތުގައި މި ފިލްމަށް މަހެއްގެ ތެރޭގައި 300-400 ކްރޯޑް ރުޕީސް ލިބޭނެ އެވެ.
މި ފިލްމަކީ ލޯތްބާއި އާއިލީ މައްސަލަތަކުގެ މައްޗަށް ހެދި ކަރަންގެ ސްޓައިލްގެ ފިލްމެކެވެ. މި ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ އާލިއާ ބަޓް، ރަންވީރު ސިންގް، ދަރުމެންދުރާ، ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން އެވެ.
ކަރަންގެ އާ ފިލްމަށް ތައުރީފު
ހިޓުވި ޓީޒާއަށް ފަހު ކަރަންގެ އާ ފިލްމުގެ ޓްރެއިލާ
އެއް މިނެޓުގެ ޓްރެއިލާގައި އާލިއާ 20 ސާޅި އަޅައިގެން
ކަރަންގެ އާ ފިލްމުގެ ފުރަތަމަ ޓީޒާ ނެރެފި
ކަރަންގެ އާ ފިލްމު އަޅުވަނީ ޖުލައި 23 ގައި
ކަރަންގެ އާ ފިލްމުގައި ޕްރިތީ ފެންނާނެ
ޖާދޫގައި ޖައްސަން، ކަރަންގެ "ޓިޕިކަލް" ފިލްމެއް
ކަރަންގެ ފިލްމަށް ޝަބާނާ 10 ކިލޯ ލުއިކުރި
ކަރަންގެ އާ ފިލްމު 2023 އަށް ފަސްކޮށްފި
ރަންވީރާއި އާލިއާގެ ޑުއެޓް ލަވައެއް