Roadha Mihaaru
ކަރަންގެ އާ ފިލްމު އަޅުވަނީ ޖުލައި 23 ގައި

ހަތް އަހަރަށް ފަހު ކަރަން ޖޯހަރު ޑައިރެކްޓުކުރި ފިލްމު އަޅުވަނީ ޖުލައި 23 ގައި

25 މެއި 2023

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކަރަން ޖޯހަރު ހަތް އަހަރަށް ފަހު ޑައިރެކްޓުކުރި ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އަންނަ ޖުލައި މަހު 23 ގައި ސިނަމާތަކުގައި އަޅުވާނެކަން މިއަދު އިއުލާންކޮށްފި އެވެ.

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކަރަން ޖޯހަރު ހަތް އަހަރަށް ފަހު ޑައިރެކްޓުކުރި ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އަންނަ ޖުލައި މަހު 23 ގައި ސިނަމާތަކުގައި އަޅުވާނެކަން މިއަދު އިއުލާންކޮށްފި އެވެ.

ކަރަންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ދަރުމާ އިން މިއަދު ވަނީ އެ ފިލްމު އަޅުވާ ތާރީހާ އެކު ފުރަތަމަ ފަހަރަށް ޕޯސްޓަރުތައް ވެސް އާންމުކޮށްފަ އެވެ. އެ ޕޯސްޓަރުތައް އާންމުކުރީ ބޮލީވުޑްގައި ކަރަން މަސައްކަތްކުރާ މިއަދަށް 25 އަހަރުވުމާ ގުޅިގެން އެ މުނާސަބަތުގަ އެވެ.

"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގައި ލީޑު ރޯލު ކުޅެނީ އާލިއާ ބަޓް އާއި ރަންވީރު ސިންހު އެވެ. އެ ފިލްމުގެ ކާސްޓުގައި ދަރުމެންދުރަ އާއި ޖާޔާ ބައްޗަން އަދި ސަބާނާ އަޒްމީ ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.

އެ ފިލްމާ ގުޅޭ މާ ގިނަ ތަފުސީލުތަކެއް އަދި އާންމުކޮށްފައި ނުވިޔަސް، ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، މިއީ ކަރަންގެ ސްޓައިލުގައި ގެނެސްދޭ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.

ކަރަން ޑައިރެކްޓުކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ އޭނާ އާއި އޭނާގެ މަންމަ ހީރު ޖޯހަރު އަދި އަޕޫރްވާ މެހެތާ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އިޝިތާ މޮއިތުރާ އާއި ޝަޝަންކް ކައިތަން އަދި ސުމިތު ރޯއީ އެވެ.