Roadha Mihaaru
މުމްބާއީ ހަމަލާގެ ފަހަތުގައިވާ މީހާ ހައްޔަރުކޮށްފި

މުމްބާއީ އަށް ހަމަލާ ދިން ކަމަށް ބެލެވޭ މީހާ ޕާކިސްތާނުން ހައްޔަރުކޮށްފި

31 ޖެނުއަރީ 2017

އިސްލާމްއާބާދު (ޖެނުއަރީ 31) - މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ހުރި ކަމަށް ބެލެވޭ ހާފިޒް ސައީދު ޕާކިސްތާނުން ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ޖެނުއަރީ 31) - މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ހުރި ކަމަށް ބެލެވޭ ހާފިޒް ސައީދު ޕާކިސްތާނުން ހައްޔަރުކޮށްފި އެވެ.

މަނާކޮށްފައިވާ ލަޝްކަރީ ތައިބާ ޖަމާއަތުގެ އިސް ލީޑަރު ސައީދުގެ ބޮލަށް އެމެރިކާ އިން ވަނީ 10 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. ފުލުހުން ސައީދު ހައްޔަރު ކުރީ ލާހޯރުގެ މިސްކިތަކުންނެވެ. އޭގެ ފަހުން އޭނާ ވަނީ ގޭ ބަންދުކޮށްފަ އެވެ.

މުމްބާއީގައި ދިން ހަމަލާ ރޭވުމުގެ ފަހަތުގައި ވަނީ ސައީދު ކަމަށް ވޮޝިންޓަނާއި ނިއު ދިއްލީން ބުނެފައިވެ އެވެ. އެކަމަކު ސައީދު ބުނެފައި ވަނީ މުމްބާއީ ހަމަލާގައި އޭނާ ބައިވެރި ނުވާ ކަމަށެވެ. ސައީދުގެ ތަރުޖަމާނަކު ބުނީ ސައީދު ހައްޔަރު ކުރަން ޕާކިސްތާނަށް ބާރު އަޅާފައި ވަނީ އެމެރިކާ އިން ކަމަށެވެ.

މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާގައި 166 މީހުން ވަނީ މަރުވެފައި. --ފޮޓޯ:އޭއެފްޕީ

މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާގައި 166 މީހުން ވަނީ މަރުވެފައި. --ފޮޓޯ:އޭއެފްޕީ

ނޫސްވެރިންނާ ވާހަކަ ދައްކަމުން ސައީދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި އޭނާ ހައްޔަރު ކުރުމުގެ އަމުރު އައިސްފައި ވަނީ އެމެރިކާ އިން ކަމަށެވެ.

ނޮވެމްބަރު 26، 2008 ގައި މުމްބާއީ އަށް ދިން ހަމަލާއާ ގުޅިގެން ސައީދު ގޭ ބަންދުކުރި އެވެ. އެކަމަކު ހަ މަސް ފަހުން ޕާކިސްތާނުން އޭނާ ދޫކޮށްލީ ދައުވާ ކުރެވޭ ވަރަށް ނުވަތަ އިންޑިއާ އަށް ހަވާލު ކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ. މުމްބާއީ ހަމަލާގައި ވަނީ 166 މީހުން މަރުވެފަ އެވެ.

ސައީދު ނިސްބަތްވާ ޖަމާއަތުއް ދައުވާ އިން ބުނެފައި ވަނީ، ސައީދު ހައްޔަރު ކުރުމާ ދެކޮޅަށް ޕާކިސްތާނުގެ ބޮޑެތި ސިޓީތަކުގައި މުޒާހަރާ ކުރާނެ ކަމަށެވެ.