02 އޮކްޓޯބަރ 2016
ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 2) - ކަޝްމީރުގެ މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުގެ ހޫނުވެފައިވާ މަޝްރަހު ފިނިކުރުމަށް މެދުވެރިއެއްގެ ރޯލު އަދާ ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ހުށަހަޅުއްވައިފި އެވެ.
ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 2) - ކަޝްމީރުގެ މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުގެ ހޫނުވެފައިވާ މަޝްރަހު ފިނިކުރުމަށް މެދުވެރިއެއްގެ ރޯލު އަދާ ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ހުށަހަޅުއްވައިފި އެވެ.
ޕާކިސްތާނުގެ ސަފީރު މަލީހާ ލޯދީ ވަނީ ބާން ކީ މޫންއާ ބައްދަލު ކުރައްވާ ކަޝްމީރުގެ މައްސަލާގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގެންފަ އެވެ. ބާން ވަނީ ދެ ފަރާތުން ވެސް ދޫދީގެން މައްސަލަ ފިނި ކުރުމަށް އެދިވަޑައިގެންފަ އެވެ. ބާން އަދި ވަނީ އިންޑިއާ އާއި ޕާކިސްތާނުން ޚިޔާލުތަފާތުވާ ކަންކަން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.
އިންޑިއާ އާއި ޕާކިސްތާން އެންމެ ފަހުން ކެކިގެންފައި މި ވަނީ ކަޝްމީރުގެ އުރީގައި އިންޑިއާ ސިފައިން ތިބޭ މަރުކަޒަކަށް މިދިޔަ މަހު 18 ވަނަ ދުވަހު ހަމަލާދީ ސިފައިންގެ 18 މީހުން މަރާލުމާ ގުޅިގެންނެވެ. އެ ހަމަލާގެ ތުހުމަތު އިންޑިއަ އިން އަޅުވާފައި ވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ.
އިންޑިއާ އިން ބުރާސްފަތި ދުވަހު ވަނީ ކަޝްމީރުގައި ޕާކިސްތާނުގެ ސަރަހައްދީ ރޮނގާ ގުޅޭ ހިސާބުގައި ހަމަލާތަކެއް ފަށައިފަ އެވެ. އިންޑިއާ ސިފައިން ބުނެފައި ވަނީ މި ހަމަލާތަކުގެ ބޭނުމަކީ ކަޝްމީރަށް ހަނގުރާމަވެރިން ދީފާނެ ހަމަލާތައް ހުއްޓުވުން ކަމަށެވެ.
ބާން ކީ މޫންއާ ބައްދަލު ކުރެއްވުމަށް ފަހު ޕާކިސްތާނުގެ ސަފީރު މަލީހާ ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަ އަށް ނުރައްކާވާ ފަދަ މާހައުލެއް އިންޑިއާ އިން އުފައްދަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ.
ކަޝްމީރުގެ ހަމަލާތަކުގައި 24 މަރު
ކަޝްމީރުގެ އިންޑިއާ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފި
ޕާކިސްތާނުގެ ސިނަމާތަކުގައި އިންޑިއާގެ ފިލްމުތައް މަނާ
ކަޝްމީރުގައި އިންޑިއާ އިން ހަމަލާތަކެއް ފަށައިފި
ކަޝްމީރު އޮންނާނީ އިންޑިއާގެ ތަނެއްގެ ގޮތުގައި
އިންޑިއާ އޮތީ ޕާކިސްތާނާ ހަނގުރާމައަށް ތައްޔާރަށް:މޯދީ
ކަޝްމީރު މައްސަލާގައި ޕާކިސްތާނަށް މޯދީ ރައްދުދެއްވައިފި
ކަޝްމީރުގެ މައްސަލަ ދުނިޔޭގެ ލީޑަރުންގެ ސަމާލު ކަމަށް
ކަޝްމީރުގެ ހާލަތު ގޯހުން ގޯހަށް، މިހާތަނަށް 68 މަރު
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ