28 އޯގަސްޓް 2016
ސްރީނަގަރު (އޮގަސްޓް 28) - ކަޝްމީރުގައި ހަމަނުޖެހުންތައް އުފެދި ގާތްގަނޑަކަށް ދެމަސް ދުވަސްވާން ކައިރިވާއިރު ހަމަނުޖެހުންތައް ހައްތަހާ ދަނީ އިތުރުވަމުންނެވެ.
ސްރީނަގަރު (އޮގަސްޓް 28) - ކަޝްމީރުގައި ހަމަނުޖެހުންތައް އުފެދި ގާތްގަނޑަކަށް ދެމަސް ދުވަސްވާން ކައިރިވާއިރު ހަމަނުޖެހުންތައް ހައްތަހާ ދަނީ އިތުރުވަމުންނެވެ.
ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލް ކުރާ ފަޅިން އިއްޔެ ވަނީ މިނިވަން ކަމަށް މަސައްކަތް ކުރާ ލީޑަރަކު އިންޑިއާ ފުލުހުން ހައްޔަރުކޮށްފަ އެވެ. ކަޝްމީރުގައި އިންޑިއާ އިން ބާރު ހިންގަން ދެކޮޅު ހަދާ ޖަމާއަތެއް ކަމަށްވާ އޯލް ޕާޓީސް ހުއްރިއްޔާ (މިނިވަންކަން) ކޮންފަރެންސްގެ ލީޑަރު މިރްވައިޒް އުމަރު ފާރޫގު ހައްޔަރު ކުރީ ސްރީނަގަރުންނެވެ.
"އޭނާ ފުރަތަމަ ހައްޔަރުކުރީ ސުލްހަވެރި އެއްވުމަކަށް ދާން ގެއިން ނުކުންނަން އުޅެނިކޮށް،" ފާރޫގުގެ ގާތް އެކުވެރިއެއް ކަމަށްވާ ތޯރިގު ބަޗު އޭއެފްޕީ އަށް ބުންޏެވެ.
ކަޝްމީރުގެ ޗީފް މިނިސްޓަރު މެހްބޫބާ މުފްތީ (ކ) އިންޑިއާގެ ދާޚިލީ ވަޒީރު ރަޖްނާތު ސިންގާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ކަޝްމީރުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން ދިޔަ ލީޑަރު މިދިޔަ މަހު އިންޑިއާ ސިފައިން މަރާލުމާ ގުޅިގެން ހިނގަމުންދިޔަ ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 68 މީހުން މަރުވެފަ އެވެ. ކަޝްމީރުގައި ކާފިއު ހިންގުމުގެ ސަބަބުން ސްކޫލްތަކާއި ފިހާރަތައް އަދި ބޭންކުތައް ވަނީ ބަންދުކޮށްފަ އެވެ.
ކަޝްމީރުގެ ޗީފް މިނިސްޓަރު މެހުބޫބާ މުފްތީ އިއްޔެ ވަނީ ނިއު ދިއްލީގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައިފަ އެވެ. މުފްތީ ވަނީ ކަޝްމީރުގައި އިއުލާންކޮށްފައިވާ ކާފިއުގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުފްތީ ވިދާޅުވީ ކާފިއު އިއުލާން ކުރީ އެންމެންގެ ރައްކަލަކަށްޓަކައި ކަމަށާއި ކަޝްމީރަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރާ ކޮންމެ ބަޔަކާ އެކު މަޝްވަރާ ކުރުމަށް ވެސް ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.
"ޕާކިސްތާނަށް ދަންނަވަން އޮތީ ކަޝްމީރާ މެދު ހަމްދަރުދީވާ ނަމަ ފުލުސް ސްޓޭޝަންތަކަށް ހަމަލާ ދިނުމަށް ޒުވާނުންނަށް ހިތްވަރު ނުދޭށޭ. އަދި ޒުވާނުން ސަލާތް ކޮށްދޭށޭ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުފްތީ ވިދާޅުވި އެވެ.
ކަޝްމީރުގެ ހަމަލާތަކުގައި 24 މަރު
ކަޝްމީރުގެ އިންޑިއާ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފި
ކަޝްމީރަށް ހައްލު ހޯދައިދޭން އދ. އިން ހުށަހަޅައިފި
ޕާކިސްތާނުގެ ސިނަމާތަކުގައި އިންޑިއާގެ ފިލްމުތައް މަނާ
ކަޝްމީރުގައި އިންޑިއާ އިން ހަމަލާތަކެއް ފަށައިފި
ކަޝްމީރު އޮންނާނީ އިންޑިއާގެ ތަނެއްގެ ގޮތުގައި
އިންޑިއާ އޮތީ ޕާކިސްތާނާ ހަނގުރާމައަށް ތައްޔާރަށް:މޯދީ
ކަޝްމީރު މައްސަލާގައި ޕާކިސްތާނަށް މޯދީ ރައްދުދެއްވައިފި
ކަޝްމީރުގެ މައްސަލަ ދުނިޔޭގެ ލީޑަރުންގެ ސަމާލު ކަމަށް
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ