02 ނޮވެމްބަރ 2016
ސްރީނަގަރު (ނޮވެމްބަރު 1) - ކަޝްމީރުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރި ހަމަލާތަކުގައި ހުކުރު ދުވަހުގެ ފަހުން މިހާތަނަށް 24 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސްރީނަގަރު (ނޮވެމްބަރު 1) - ކަޝްމީރުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރި ހަމަލާތަކުގައި ހުކުރު ދުވަހުގެ ފަހުން މިހާތަނަށް 24 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އިންޑިއާގެ އޮފިޝަލުން ބުނީ ޕާކިސްތާން ސިފައިން ބޮޑު ބަޑިން ދިން ހަމަލާތަކުގައި އަންގާރަ ދުވަހު ވަނީ އާއްމުންގެ އަށް މީހުން މަރުވެފައި ކަމަށެވެ. އޭގެ ތެރޭގައި ދެ ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. ޕާކިސްތާނުން ބުނެފައި ވަނީ އިންޑިއާގެ ހަމަލާތަކުގައި ހޯމަ ދުވަހު އާއްމުންގެ ހަ މީހުން މަރުވެފައިވާ ކަމަށެވެ. ހޯމަ ދުވަހުގެ ހަމަލާގައި އާއްމުންގެ ހަ މީހުން މަރުވުމާ ގުޅިގެން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އަށް ވަނީ އިންޑިއާގެ ޑިޕިއުޓީ ހައި ކޮމިޝަނާ ހާޒިރުކޮށްފަ އެވެ.
ސެޕްޓެމްބަރު މަހު ދިން ހަމަލާ އަށް ފަހު ދެ ގައުމުގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އިންޑިއާ ސިފައިންގެ މަރުކަޒަކަށް ދިން އެ ހަމަލާގައި ވަނީ 18 މީހުން މަރުވެފަ އެވެ. އިންޑިއާ އާއި ޕާކިސްތާނުން ވެސް ބުނަމުން ދަނީ 2003 ވަނަ އަހަރު ގާއިމްކޮށްފައިވާ ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެއް ގައުމު އަނެއް ގައުމުން ޚިލާފުވަމުންދާ ކަަމަށެވެ.
ކަޝްމީރުގެ ޗީފް މިނިސްޓަރު މެހްބޫބާ މުފްތީ ވަނީ ދެ ފަރާތުން ވެސް ހަމަޖެހުމަށް އިސްކަން ދިނުމަށް ގޮވާލައްވައިފަ އެވެ.
ކަޝްމީރުގެ އިންޑިއާ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފި
ކަޝްމީރަށް ހައްލު ހޯދައިދޭން އދ. އިން ހުށަހަޅައިފި
ޕާކިސްތާނުގެ ސިނަމާތަކުގައި އިންޑިއާގެ ފިލްމުތައް މަނާ
ކަޝްމީރުގައި އިންޑިއާ އިން ހަމަލާތަކެއް ފަށައިފި
ކަޝްމީރު އޮންނާނީ އިންޑިއާގެ ތަނެއްގެ ގޮތުގައި
އިންޑިއާ އޮތީ ޕާކިސްތާނާ ހަނގުރާމައަށް ތައްޔާރަށް:މޯދީ
ކަޝްމީރު މައްސަލާގައި ޕާކިސްތާނަށް މޯދީ ރައްދުދެއްވައިފި
ކަޝްމީރުގެ މައްސަލަ ދުނިޔޭގެ ލީޑަރުންގެ ސަމާލު ކަމަށް
ކަޝްމީރުގެ ހާލަތު ގޯހުން ގޯހަށް، މިހާތަނަށް 68 މަރު
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ