03 އޮކްޓޯބަރ 2016
ސްރީނަގަރު (އޮކްޓޯބަރު 3) - ކަޝްމީރުގައި އިންޑިއާ ސިފައިން ތިބޭ މަރުކަޒަކަށް ހަނގުރާމަވެރިން ހަމަލާތަކެއްދީ ސިފައިންގެ މީހަކު މަރާލައިފި އެވެ.
ސްރީނަގަރު (އޮކްޓޯބަރު 3) - ކަޝްމީރުގައި އިންޑިއާ ސިފައިން ތިބޭ މަރުކަޒަކަށް ހަނގުރާމަވެރިން ހަމަލާތަކެއްދީ ސިފައިންގެ މީހަކު މަރާލައިފި އެވެ.
ކަޝްމީރުގެ މައި ރަށް ސްރީނަގަރުގެ ހުޅަނގު އުތުރުން 30 މޭލު ދުރުގައިވާ ބަރަމުއްލާގެ މަރުކަޒަށް ދިން ހަމަލާގެ ރައްދުގައި އިންޑިއާ ސިފައިން ވެސް ވަނީ ހަމަލާދީފަ އެވެ. އަސްކަރީ މަރުކަޒަށް ހަމަލާދީފައި މި ވަނީ ކަޝްމީރުގެ ސަރަހައްދީ ރޮނގު ކައިރީ ހަނގުރާމަވެރިންނާ ދެކޮޅަށް އިންޑިއާ ސިފައިން އޮޕަރޭޝަނެއް ފެށިތާ ތިން ދުވަސް ފަހުންނެވެ.
އިންޑިއާ ސިފައިން މިއަދު ހެނދުނު ވަނީ ކަޝްމީރުގެ މަރުކަޒަށް ހަމަލާ ދިން މީހުން ހޯދަން ފަށައިފަ އެވެ. އެއްވެސް ހަނގުރާމަވެރިއަކު ހައްޔަރުކުރި ކަމަށް އިންޑިއާ ސިފައިން ބުނެފައެއް ނުވެ އެވެ.
ކަޝްމީރުގެ މަޝްރަހު ހޫނުވެފައި ވަނީ އޫރީގައި އިންޑިއާ ސިފައިން ތިބޭ މަރުކަޒަކަށް މިދިޔަ މަހު 18 ގައި ހަމަލާދީ ސިފައިންގެ 18 މީހުން މަރާލި ހާދިސާއާ ގުޅިގެންނެވެ. މި ހަމަލާ އަށް ފަހު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޕާކިސްތާނުން ބުނެފައި ވަނީ އިންޑިއާ އިން މަސައްކަތް ކުރަމުންދަނީ ކަޝްމީރުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ފޮރުވަން ކަމަށެވެ.
ކަޝްމީރުގައި ވޭތުވެދިޔަ ދެ މަސް ދުވަހު ހިންގަމުންދާ ހަމަނުޖެހުންތަކުގައި 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކަޝްމީރުގެ ހަމަލާތަކުގައި 24 މަރު
ކަޝްމީރަށް ހައްލު ހޯދައިދޭން އދ. އިން ހުށަހަޅައިފި
ޕާކިސްތާނުގެ ސިނަމާތަކުގައި އިންޑިއާގެ ފިލްމުތައް މަނާ
ކަޝްމީރުގައި އިންޑިއާ އިން ހަމަލާތަކެއް ފަށައިފި
ކަޝްމީރު އޮންނާނީ އިންޑިއާގެ ތަނެއްގެ ގޮތުގައި
އިންޑިއާ އޮތީ ޕާކިސްތާނާ ހަނގުރާމައަށް ތައްޔާރަށް:މޯދީ
ކަޝްމީރު މައްސަލާގައި ޕާކިސްތާނަށް މޯދީ ރައްދުދެއްވައިފި
ކަޝްމީރުގެ މައްސަލަ ދުނިޔޭގެ ލީޑަރުންގެ ސަމާލު ކަމަށް
ކަޝްމީރުގެ ހާލަތު ގޯހުން ގޯހަށް، މިހާތަނަށް 68 މަރު
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ