28 ޖުލައި 2023
ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މާލޭގައި ފެތުރި ހޮސްޕިޓަލްތައް ފުރިފައިވާ އިރު، އެ ރޯގާއަށް ބޭނުންކުރާ ބޭހުގެ ސްޓޮކް ހުސްވެފައިވާ ކަމަށް ދައްކަމުންދާ ވާހަކަތައް ހެލްތު މިނިސްޓްރީން ދޮގުކޮށްފި އެވެ.
ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މާލޭގައި ފެތުރި ހޮސްޕިޓަލްތައް ފުރިފައިވާ އިރު، އެ ރޯގާއަށް ބޭނުންކުރާ ބޭހުގެ ސްޓޮކް ހުސްވެފައިވާ ކަމަށް ދައްކަމުންދާ ވާހަކަތައް ހެލްތު މިނިސްޓްރީން ދޮގުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ފަރުވާ އަށް ބޭނުންވާ އޯއާރުއެސް އާއި ބޭސް އެސްޓީއޯގައި އެބަހުރި ކަމަށެވެ.
ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާގެ ކޭސްތައް ރެއިން ފެށިގެން ވަނީ މާލެ ސަރަހައްދުގައި ވަރަށް ބޮޑަަށް އިތުރުވެފަ އެވެ. އެކަމަކު މި ރޯގާ ފެތުރެމުންދާތާ ހަފުތާއެއްވެއްޖެ ކަމަށް ފަރުވާ ހޯދި ބައެއް މީހުން ބުނެ އެވެ.
މިނިވަން ދުވަހުގެ ޕެރޭޑާއި ފްލޯޓްތައް ބަލަން މަގުތަކަށް ގިނަ ބަޔަކު ޖަމާވި ފަހުން، މި ރޯގާ ޖެހޭ އަދަދު އިތުރުވެ ހޮސްޕިޓަލްތަކުގެ އީއާރު މިއަދު ހެނދުނާ ހަމައަށް އޮތީ ފުރިފަ އެވެ. މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭ ހޮސްޕިޓަލުން ވެސް ގިނަ ބަޔަކު ފަރުވާ ހޯދި އެވެ.
ހޮޑުލުމާއި ބޭރަށް ހިންގުން ފެތުރެމުން ދަނިކޮށް، ހޮޑު މަނާ ކުރަން ބޭނުން ކުރާ ބޭހާއި އޯއާރްއެސް ޕެކެޓު ފިހާރަތަކުން ހުސްވެފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.
ނަމަވެސް ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެސްޓީއޯގައި ބޭހުގެ ސްޓޮކް އެބަހުރި ކަމަށެވެ.
ރާއްޖޭގައި އޯއާރުއެސްގެ 84،000 ޕެކެޓް ސްޓޮކްގައި ހުރި ކަމަށާއި މާލެ ސަރަހައްދުގައި 10،000 އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން އަންނަ ހޯމަ ދުވަހު އާ ސްޓޮކެއް ވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިމާންޑް ބޮޑުވީމަ ކައިރި ފިހާރަތަކުން ސްޓޮކް ހުސްވެފައި ހުއްޓަސް މިހާރު އަންނަނީ ސްޓޮކް ވެސް މޫވް ކުރަމުން. ބޭސް ލިބުމުގެ ދަތިކަމެއް ނޫޅެ،" އޭނާ ވިދާޅުވި އެވެ.
ހޮޑުލުމާއި ބޭރަށް ހިންގުމުގެ ފަރުވާ އަށް ބޭނުން ކުރާ ބޭހުގެ ސްޓޮކް ހުރި ކަން އެސްޓީއޯގެ އޮފިޝަލަކު ވެސް "މިހާރު" އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މާލެ ސަރަހައްދުގައި ކުއްލިއަކަށް މި ބަލީގެ ކޭސްތައް އިތުރުވި ނަމަވެސް އެ ރޯގާ ފެތުރެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން އެޗްޕީއޭ އިން ވެސް އޮތީ ބަލިން ރައްކާތެރިވުމުގެ އިރުޝާދު ދީފަ އެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ރެއިން ފެށިގެން މިއަދު ހެނދުނާ ހަމައަށް 100 އަށް ވުރެ ގިނަ ކޭސް ވަނީ ރިޕޯޓް ކޮށްފަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން ކުއްލިއަކަށް ގިނަވި ސަބަބު ދެނެގަތުމަށް މަސައްކަތް އެޗްޕީއޭ އިން އަންނަނީ ކުރަމުންނެވެ.
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
އަގު ހެޔޮކޮށް ރާއްޖެ އަށް ބޭސް ގެންނަން މަޝްވަރާކުރަނީ
ކުޑަކުދިންނަށްދޭ ސިރަޕުން ނުރައްކާތެރި ކެމިކަލް ފެނިއްޖެ
"ދިވެހި ސްޕެޝަލިސްޓުންނަށް އާއްމުންގެ އިތުބާރު ބޮޑު"
އިންޑިއާ ބޭސްތަކެއްގެ މައްސަލަ އުޅޭތީ ސަމާލުވާން އެދެފި
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، ހުއްދަ ދީފި
ބޮޑު ފައިދާގައި ބޭސް ވިއްކުން ހުއްޓުވަން އަންގަވައިފި
ކުޑަކުދިންގެ ބޭހެއް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި