10 ސެޕްޓެމްބަރ 2017
ރާއްޖެ އަށް ހެޔޮ އަގުގައި ބޭސް ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ހެޔޮ އަގުގައި ބޭސް ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާގެ ބައްދަލުވުމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ލަންކާ އިން ރާއްޖެ އަށް ހެޔޮ އަގެއްގައި ބޭސް ގެނައުމާ ގުޅޭ ގޮތުން އެ ގައުމުގެ ސިއްހީ ދާއިރާގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ހެޔޮ އަގެއްގައި ބޭސް ގެނައުމުގެ މަސައްކަތް ކުރި އަށް ގެންދިއުމަށް މި ސަރަހައްދުގެ ރީޖަނަލް ޑިރެކްޓާ ޑރ. ޕޫނަމް ކެތްރިޕަލް ވެސް އެދިވަޑައިގެންފައިވާ ކަމަށެވެ.
މާކެޓުގައި އާއްމު ގޮތެއްގައި ވިއްކަން ހުންނަ ބޭހުގެ އަގުތައް ޑަބްލިއުއެޗްއޯ އިން ލިސްޓު ކުރުމުން، ކޮންޓްރޯލް އަގެއްގައި ބޭސް ވިއްކުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ހުރިހާ ތަނަކުން ވެސް އެއް އަގެއްގައި ބޭސް ގަނެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު ވެސް ބައެއް ފާމަސީތަކުގައި ހުންނަނީ ބޭހުގެ އަގު ތަފާތުކޮށް. ނަމަވެސް މިއީ އާއްމު ރައްޔިތުންނަށާއި ބޭސް ވިއްކާ ފަރާތްތަކާއި އާސަންދަ އަށް ވެސް ފަސޭހަވެގެންދާނެ މާކެޓުގައި މިވެނި ބޭހެއް ހުންނަނީ މިވެނި ވަރަކަށޭ، މިފަދަ ލިސްޓެއް އާއްމު ކުރުމާއި އަދި ލަންކާގައި ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް މި ފަހުން ކުރި އަށް ގެންދިޔަ ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަދެކެވުނު،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އަށް މިހާރު އެންމެ ގިނައިން ބޭސް އެތެރެ ކުރާ އެސްޓީއޯ އަށް ހެޔޮ އަގުގައި ބޭސް ލިބުމުން، އެ ކުންފުނިން ރާއްޖޭގެ ރަށްތަކުގައި ގާއިމްކޮށްފައިވާ ބޭސްފިހާރަތަކުން ވެސް ހެޔޮ އަގުގައި ބޭސް ލިބޭނެ ކަމަށެވެ. އަދި އެގޮތަށް ބޭހުގެ އަގު ކުޑަ ވެއްޖެ ނަމަ އާސަންދަ އިން އެކަމަށް ކުރާ ހަރަދު ކުޑަވެގެންދާނެ ކަން ވެސް ފާހަގަ ކުރެއްވި އެވެ.
މިިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ ތިމާވެށީގެ ސަބަބުން ސިއްހަތަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުންނެވެ. މި ސަރަހައްދުގެ 11 ގައުމުގެ ސިއްހީ އިސް އޮފިޝަލުން ބައިވެރިވި އިރު މުހިއްމު ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ އޮފީހުން ބުންޏެވެ.
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
ބައްދަލުވުން ކާމިޔާބު، މި ދާއިރާއަށް ބަދަލު އަންނާނެ
އަމީތާބު ވީޑިއޯ މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވި
ހިމަބިހި ނައްތާލާފައިވާކަމުގެ އެވޯޑު ރާއްޖެއަށް ދީފި
ސިއްހީ ދާއިރާއަށް އެންމެ ހަރަދުކުރަނީ ރާއްޖެއިން:ޕޫނަމް
ކުރާ ހޭދައާ އެއްވަރަށް ސިއްހީ ހިދުމަތް ދެވޭ: ނާޒިމް
"ދިވެހި ސްޕެޝަލިސްޓުންނަށް އާއްމުންގެ އިތުބާރު ބޮޑު"
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
ބޮޑު ފައިދާގައި ބޭސް ވިއްކުން ހުއްޓުވަން އަންގަވައިފި